logoEN
cocacola
ކޮވިޑް19 އިން ރައްކާތެރިވުމަށް ދަތުރުކުރުމުގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅު، ޖަކާޓާގެ މީހަކު އާ ލެވެލް އަކަށް ގެންގޮސްފި!

ކޮވިޑް19 އިން ރައްކާތެރިވުމަށް ދަތުރުކުރުމުގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅު، ޖަކާޓާގެ މީހަކު އާ ލެވެލް އަކަށް ގެންގޮސްފި!

# adhi

f

ކޮވިޑް19 ފަދަ ނުރައްކަލެއް އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ރާއްޖެއިން ބޭރަށް ދަތުރެއް ކޮންމެހެން ކުރަންޖެހިއްޖެނަމަ، ކޮވިޑް19 އިން ސަލާމަތްވުމަށް ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި ތިބާ އަޅާނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ މިގޮތުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައި ތިބާ އިޚްތިޔާރު ކުރާނީ ކޮވިޑް19 ގެ ވައިރަސްއިން ސަލާމަތްވުމަށް ސިއްޙީ މާހިރުން ބޭނުންކުރާ ސޭފްޓީ ޕީޕީއީ ސޫޓް، ފޭސްމާސްކް ޝީލްޑް ކަމުގައި ޤަބޫލުކުރެވެއެވެ.

ގޮސިޔާ

ނަމަވެސް ކޮވިޑް19 އިން ރައްކާތެރިވުމަށް ދަތުރުކުރުމުގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅު، ޖަކާޓާގެ ތަނަވަސް މީހަކު އާ ލެވެލް އަކަށް ވަނީ ގެންގޮސްފައެވެ. މިގޮތުން ކޮވިޑް19 އިން އޭނާ އާއި އޭނަގެ އަންހެނުން ސަލާމަތްކުރުމަށް މުޅި ފްލައިޓްގެ ހުރިހާ ޓިކެޓެއް ބުކްކޮށް އޭނާ ވަނީ ގަނެފައެވެ.

undefined

މިކަން ވީ ކިހިނެއް؟

މެޝަބްލް ސައުތު އީސްޓް އޭޝިޔާ ބުނާގޮތުން، އިންޑޮނޭޝިޔާގެ ޖަކާޓާގެ މަޝްހޫރު ތަނަވަސް މީހެއް ކަމުގައިވާ ރިޗާޑް މުލްޖަޑީ އަކީ، ކޮވިޑް19 ގެ ބަލިމަނޑުކަމަށް ވަރަށް ބިރުގަންނަ މީހެކެވެ. އިންސްޓަގްރަމްގެ ސްޓޯރީގައި މުލްޖަޑީ އޭނާގެ ފޮލޯވަރުންނަށް ދީފައިވާ މެސެޖެއްގައި ބުނާގޮތުން، އޭނަ އަދި އޭނަގެ އަންހެނުން ޝަލްވީންނެ ޗަންގް، ކޮވިޑް19 ގެ ވައިރަސް އިން ރައްކާތެރިވެ، ސަލާމަތްވުމުގެ ގޮތުން، ބަލީ އަށް ދަތުރުކުރި ފްލައިޓް އެއްކޮށް ބުކްކޮށް، ފްލައިޓްގެ ހުރިހާ ސީޓެއްވަނީ ގަނެފައެވެ. އަދި މީގެ އިތުރުން، ހުސް ފްލައިޓެއްގައި އޭނާ އެކަނި އިށީދެގެން އިންނަ ފޮޓޯ ދަށްކުވައިދޭ ފޮޓޯއެއްވެސް މުލްޖަޑީ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އިންސްޓަގްރަމްގެ މިޕޯސްޓުގައި، ކެޕްޝަނެއްގެ ގޮތުން މުލްޖަޑީ ލިޔެފައިވަނީ

undefined

"އަހަރެން މުޅި ފްލައިޓްގެ ހުރިހާ ޓިކެޓެއް ގަތުމުންވެސް، ޕްރައިވެޓް ޖެޓެއް ހަޔާކުރުމަށް ވުރެ އަގުހެޔޮ- މިއީ އެހެންމީހުން ދަސްކުރަންޖެހޭ ލައިފް ހެކް އެއް "

މުޅި ފްލައިޓް އެއްކޮށް ބުކްކޮށްގެން، ދަތުރު ކޮށްފައިވަނީ ކޮވިޑް19 ގެ ވައިރަސް ހުރި މީހަކާއި އެއްފްލައިޓުގައި ދަތުރު ކުރުމުގެ ފުރުޞަތު ހަނިކޮށް، މުލްޖަޑީ އަދި އޭނަގެ އަންހެނުން އެކަނި ދަތުރުކުރުމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމުގައިވާ ސޯޝަލް ޑިސްޓެންސިންގް ގެ އާމިންގަޑެއް، މުލްޖަޑީ މިފަހަރު މިފަހަރު މިވަނީ އިޚްތިޔާރުކޮށްފައެވެ. އިސްޓަގްރަމްގައި ކޮށްފައިވާ އިތުރު ސްޓޭޓަސްއެއްގައި، ފްލައިޓުގައި ޕްއިލެޓް އަދި ކޯޕައިލެޓް ފިޔަވާ އިތުރު މީހަކު ފްލައިޓަން ނޭރުވުމަށް އެއާލައިނުގައި އެދިފައި ވާނޭ ކަމަށާއި، އަދި މިއާއި ޚިލާފުވެއްޖެ ނަމަ ދަތުރު ނުކުރާނެކަން އެއާލައިނަށް އަންގާފައި ވާނެކަމަށް މުލްޖަޑީ ބުނެފައި ވެއެވެ. އަދި މި ސްޓޭޓަސް ނިންމާލަމުން "ބާއި، ގޯސްޓް ޝިޕް" މިފަދައިން ލިޔެފައިވެއެވެ.

ނަމަވެސް މުލްޖަޑީގެ ވާހަކައަށް ކުޑަ ޓްވިސްޓެއް ނުވަތަ ބަދަލެއް އައިސްފައިވެއެވެ. 5 ޖެނުއަރީ 2021 ވީ އަންގާރަދުވަހު ފްލައިޓް ID-6502 އިން ޖަކާޓާއިން ބަލީގެ ޑެންޕަސަރަށް ދެމަފިރިޔަކު ދަތުރުކޮށްފައިވާކަން ލިއޯން އެއަރ ގްރޫޕުން، ބަޓިކް އެއާގެ ވެރިން، އެސަރަޙައްދުގެ ނޫހެއްކަމުގައިވާ ޑެޓިކް ޓްރެވަލް އަށް ކަށަވަރުކޮށްދީފައި ވެއެވެ. އެއާ ލައިން އިން އިތުރަށް މައުލޫމާތު ދީފައިވާގޮތުގައި، މުޅި ފްލައިޓްގެ ޓިކެޓްތައް ބުކްކޮށްފައިވަނީ، ދެމަފިރިއެއްގެ ނަމުގައި ވީނަމަވެސް، އެމީހުންގެ ހުށަހެޅުންތަށް އެއާލައިނުން ހަމަޖައްސާފައި ނުވާނެއެވެ.

ނަމަވެސް، މުލްޖަޑީ އަކި މުއްސަނދި އެހެން ނަމަވެސް، އެނާގެ ވިސްނުން ބޭނުންކޮށްގެން ކޮންމެ ކަމަކަށްވެސް ޚަރަދުވާ ފައިސާ ސަލާމަތްކުރުމަށް މަސައްކަތްކުރާ މީހެއްގެ ގޮތުގައި މަޝްހޫރު މީހަކަށްވުމުން ގިނަބަޔަކު، މުލްޖަޑީގެ ވާހަކަ ޤަބޫލުކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ