logoEN
Sto top
އެމެރިކާއިން މެދުއިރުމަތި ދޫކޮށް ނުދާނެ - ބައިޑެން

އެމެރިކާއިން މެދުއިރުމަތި ދޫކޮށް ނުދާނެ - ބައިޑެން

އަހުމަދު މާހު

logo

7/16/2022, 7:41:21 PM

# ޖޯ ބައިޑެން

Screenshot 2022-07-16 at 19.40.49

މެދު އިރުމަތީގެ ގައުމުތަކުގައި އެމެރިކާއިން ގާއިމްކޮށްފައިވާ ސިފައިން އަނބުރާ ނުގެންދާނެ ކަމަށް އެމެރިކާގެ ރައީސް، ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

Wamco

ބައިޑެން މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި، ޖިއްދާ ސެކިއުރިޓީ އެންޑް ޑިވެލޮޕްމަންޓް ސަމިޓުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މެދުއިރުމަތީގެ ގައުމުތަކުގައި އެމެރިކާއިން ސިފައިން ބައިތިއްބާފައިވަނީ އެ ސަރަހައްދުގެ އަމާންކަން ގާއިމްކުރުމަށް ކަމަށެވެ. އަދި އެގައުމުގެ ސިފައިން އެ ސަަރަހައްދުގައި ގާއިމްވެ ތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ސިފައިން މި ސަރަހައްދުގެ ގައުމުތަކުން ގޮސްފިނަމަ ޗައިނާ އީރާން ނުވަތަ ރަޝިއާއިން މިތަނަށް ބާރުގަދަކޮށްފާނެ. އަޅުގަނޑުމެންގެ އަމާޒަކީ މިތަނުގައި ގާއިމްވެ ތިބެ ސަރަހައްދީ އަމާންކަމަށް ވާސިލްވުން --- ޖޯ ބައިޑެން

އޭނާ ވިދާޅުވީ އެ ސަރަހައްދުގައި އެމެރިކާގެ ގިނަ ޢަދަދެއްގެ ސިފައިން ޝާމިލުވާ ބިމުގެ ހަނގުރާމަތައް، މިހާރު ހިނގަމުން ނުދާ ކަން ފަޚުރުވެރިކަމާއެކު ދަންނަވާ ކަމަށެވެ.

ބައިޑަން ވަނީ، އަންހެނުންގެ ހައްގުތައް ވެސް ހިމެނޭ ގޮތަށް އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި، އެ ސަރަހައްދުގެ ގައުމުގެ ރައްޔިތުންނަށް ފާޅުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށް ވެސް ގޮވާލާފައެވެ.

މުސްތަގުބަލު ކާމިޔާބު ކުރާނީ އެ ގައުމެއްގެ އާބާދީގެ ފުރިހަމަ ގާބިލުކަން ހާމަކޮށްދޭ ގައުމުތަކުން، ބިރެއް ނެތި ލީޑަރުންނާ ސުވާލުކޮށް ފާޑުކިޔަން ފުރުސަތު ވެސް ދޭން ޖެހޭ --- ޖޯ ބައިޑެން

އެ ސަމިޓުގައި ހަ ގައުމަކުން ބައިވެރިވާއިރު، އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ، ޤަތަރު، ބަހްރައިން ކުވައިތު، އޯމާން، ޔޫއޭއީ، އުރުދުންގެ އިތުރުން އިރާގާއި މިސްރު ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside