logoEN
cocacola
ވިކްސް ވޭޕޯރަބް ބާމްގެ ކުރިން ނޭނގޭ،  މުހިންމު ބޭނުންތަކެއް!

ވިކްސް ވޭޕޯރަބް ބާމްގެ ކުރިން ނޭނގޭ، މުހިންމު ބޭނުންތަކެއް!

# މައުލޫމާތު

1

ރޯގާޖެހުމުން، ދިވެހިން އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތަކަށް ޒަމާނުއްސުރެ މަޝްހޫރު ވިކްސް ވޭޕޯރަބް ނުވަތަ ވިކްސް ބާމްގެ އިތުރު އެހެން ބޭނުމެއް ނުވަތަ އެހެން ކަމެއްގެ ފަރުވާއަށް ބޭނުންކުރެވިދާނެކަން މިއީ ކުރިން ވިސްނިފައި ނެތް ކަމެކެވެ.

ގޮސިޔާ

ވިކްސް ބާމްގައި މައިގަނޑު ގޮތެއްގައި އެކުލެވޭ މާއްދާތަކަކީ، ކެމްފޯރ، މެންތޯލް އަދި އިއުކަލިޕްޓަސް އެވެ. ވިކްސް ވޭޕޯރަބް ބޭނުންކުރުމުން ރޯގާގެ ސަބަބުން، ކެއްސުން އަދި ނޭފަތް ބެދުން ފަދަ މައްސަލަތައް ހައްލުކުރުމަށް އެހިތެރިވެދެއެވެ. ނަމަވެސް ވިކްސް ވޭޕޯރަބް މިއުފެއްދުމުން ލިބޭ ހަމައެކަނި ފަރުވާ ނުވަތަ ބޭނުމަކީ މިއެއް ނޫނެވެ. މިގޮތުން ގިނަބަޔަކަށް ނޭނގޭ ވިކްސް ވޭޕޯރަބްގެ ތަފާތު މުހިންމު ބޭނުންތައް މި ލިޔުމުގައި ހިމަނާލަމެވެ.

ތަފާތު ސޫފާސޫފިން ސަލާމަތްކޮށްދޭ

މަދިރި ފަދަ ސޫފިތަކުން ސަލާމަތްވުމަށް ބޭނުންކުރާ މަދިރި ލޯޝަން ނުވަތަ ރިޕެލެންޓް ހުސްވެއްޖެނަމަ، އިމަރޖެންސީ ހާލަތުގައި ވިކްސް ވޭޕޯރަބް ބޭނުންކުރެވިދާނެއެވެ. ވިކްސް ބާމްގައި ހުންނަ އާވި ވަހުގެ ސަބަބުން މަދިރި އަދި މެހި ފަދަ ތަފާތު ސޫފާސޫފިން ސަލާމަތްވެއެވެ. ވިކްސް ވޭޕޯރަބްގެ މަތިގަނޑު ނައްޓައި، އޭގެ ވަސް ބޭރުވާނޭހެން ބެހެއްޓުމުންވެސް، މަދިރިފަދަ ތަކެތި ކައިރިވުން ދުރުވާނެއެވެ.

ބޮލުގައި ރިއްސުން ކަނޑުވާލާ

މެންތޯލް އަކީ ވިކްސް ވޭޕޯރަބް ހެދުމަށް ބޭނުންކޮށްފައިވާ މައިގަނޑު މާއްދާއެވެ. މެންތޯލް އިން ބޮލުގެ ލޭގެ ޕްރެޝަރު ދަށްކޮށްދެއެވެ. މީގެ ސަބަބުން ތަނދު ފިލައެއެވެ. ބޮލުގައި ރިއްސާނަމަ، ނިއްކުރީގައި ވިކްސް ވޭޕޯރަބް ބާމްކޮޅެއް އުނގުޅާލާށެވެ.

ފައިތިލަޔަށް ރަނގަޅު ފަރުވާއަކަށް ވެގެންދޭ

undefined

ކޮންމެ ރެޔަކު ނިނދުމުގެ ކުރިން، ފައިތިލައިގެ ފުންނާބުގައި، ޚާއްސަކޮށް ހަންފޮޅިފައިވާ ހިސާބުގައި ނުވަތަ ހަންގަނޑު ބޯވެ، ހަރުވެފައިވާ ހިސާބުގައި ވިކްސް ބާމް އުނގުޅައި އިސްޓާކީނަށް އަރައިގެން ނިދާށެވެ. މިގޮތުން ބޭނުން ކުރާ އިސްޓާކީނަކަށް އެހެން ކަމަކަށް ބޭނުން ނުކުރާ އިސްޓާކީނެއް ޚިޔާރު ކުރާށެވެ. ސަބަބަކީ، އިސްޓާކީނުގައި ވަރަށް ގަދަޔަށް މެންތޯލް ވަސް ހުންނާނެތީއެވެ. ހެނދު ހޭލާ ފިނި ފެނުން ފައި ދޮވެލާށެވެ. ފައިގައި ހުންނަ ހަރުވެފައި ހުންނަ ހަން ނައްޓާލުމަށް ޚާއްސަކޮށްގެން ބޭނުންކުރާ ޕިއުމިކް ސްޓޯނުން އުނގުޅައި މަރުވެފައި ހުންނަ ހަންތަށް ސާފުކޮށްލާށެވެ. އަދި މިއަށްފަހު ކޮންމެވެސް ފުޓްކެއަރ އުފެއްދުމެއް ބޭނުންކޮށްލާށެވެ. ކޮންމެ ރެޔަކު މިގޮތަށް ފައިތިލަޔަށް ފަރުވާ ދެވިއްޖެ ނަމަ، ފައިތިލައިގެ ހަންގަނޑު މަނޑުވެ، އޮމާންވެ، ވަރަށް ބޮޑު ފާހަގަވެގެންދާ ބަދަލެއް ފެނިގެންދާނެއެވެ.

ބުޅާފަދަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުގެ އުދަނގުލުން ސަލާމަތް ވޭ

އޮޅުކޮށްގެން ގެންގުޅޭ ބުޅާފަދަ ޖަނަވާރު، ގޭތެރޭގެ އެކިތަންތަނަށް ކުޑަކަމު ދިޔުމާއި، ބޮޑުކަމު ދިޔުމުގެ މައްސަލަ މިއީ އުދަނގޫ އަދި ގިނަބަޔަކު ހައްލު ހޯދަން ބޭނުންވާ ކަމެކެވެ. ގޭތެރޭގައި ބުޅާ ކައިރި ކުރަން ބޭނުން ނުވާ ތަންތަނުގައި ވިކްސް ބާމްކޮޅެއް އުނގުޅާފައި ބަހައްޓާށެވެ. ވެޓެރިނޭރިއަންސް ނުވަތަ ޖަނާވާރުންނަށް ޚާއްސަ ޑޮކްޓަރުން ބުނާގޮތުން، ވިކްސް ބާމްގެ ވަސް ބުޅާ އަދި ކުއްތާ ފަދަ ޖަނަވާރުތަކަށް އެހާ ގަޔާވާ ވަހަކަށް ނުވެއެވެ. އެހެންކަމުން ވިކްސް ވޭޕޯރަބް އަކީ މިކަމަށް އޮތް ހައްލެވެ.

ބުޅަލުގެ ވަކިތަކުން ސޯފާގެ ކުޝަން އަދި ފަރުނީޗަރ ސަލާމަތް ކޮށްދޭ

undefined

ގޭތެރޭގައި އޮޅުކޮށްގެން ގެންގުޅޭ ބުޅާ ސޯފާއަށް އަރައި، ބުޅަލުގެ ވަކިތަކުން ސޯފާގެ ކަވަރުތަކާއި، ކުޝަން ހަލާކު ކުރާނަމަ، ސޯފާގައި ކުޑަ ވިކްސް ވޭޕޯރަބްކޮޅެއް އުނގުޅާލާށެވެ. ބުޅާ ސޯފާ އާއި ކައިރި ނުވާނެއެވެ. އަދި ގޭގެ ދޮރާއި ދޮރުފަތް ވަކިތަކުން ރޮނގު އަޅާނަމަ، ވިކްސް ބާމްކޮޅެއް އުނގުޅާލާށެވެ. ގޭގެ ފަރުނީޗަރު ސަލާމަތް ކުރެވޭނެއެވެ.

ސްޓްރެޗް މާކްތައް ފިލުވަން އެހީވެދޭ

ހަށިގަނޑުގައި ހެދިފައި ހުންނަ ސްޓްރެޗް މާކްތައް ފިލުވަން ބޭނުންނަމަ، ވިކްސް ވޭޕޯރަބް، އެތަނެއްގައި އުނގުޅާށެވެ. ދެހަފްތާ ތެރޭގައި، ސްޓްރެޗްމާކްގެ އަސަރު ކުޑަވެ ފިލައިގެން ދާނެއެވެ.

ފަންގަސްގެ ސަބަބުން ފައިތިލައަށް ލިބޭ ގެއްލުމުން ސަލާމްތް ކޮށްދޭ.

undefined

ތަފާތު ފަންގަސްގެ ސަބަބުން ފައިތިލަ އަދި ދެއިނގިލި ދޭތެރެ ހިރުވައި، ކަނޑައިގެން ދިޔުމުގެ ތަފާތު މައްސަލަތައް ކުރިމަތިވާނަމަ، އެތަނެއްގައި ވިކްސް ވޭޕޯރަބް އުނގގުޅާށެވެ. އެއަށްފަހު، ފައިތިލަ ރަނގަޅަށް ދޮވެ، ފައިގެ ނިޔަފަތިތައް ރަނގަޅަށް ކަނޑައި ސާފުކޮށްލާށެވެ. އަދި ރަނގަޅުވަންދެން ތަކުރާރުކޮށް ވިކްސް ވޭޕޯރަބް ބޭނުންކުރާށެވެ. ފަސޭހަކަމާއެކު މިފަދަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެއެވެ.

ހަންގަނޑުގައި ހެދޭ ކުދި ކުދި ފާރުތައް ރަނގަޅުކޮށްދޭ

ހަންގަނޑަށް ލިބޭ ކުދިކުދި ގެއްލުންތަކުން އުފެދޭ ކުދި ފާރުތަކަގައި ވިކްސް ވޭޕޯރަބް އުނގުޅާލާށެވެ. ފާރުގަނޑު އަވަހަށް ރަނގަޅުވުމަށް ވިކްސް ބާމް އެހީވެދޭނެއެވެ. އަދި މިފަދަ ކުދި ފާރުތަކުން އުފެދޭ ދުޅަތައް ކަނޑުވައި، ފާރު ފިލުވުމަށް ވިކްސް ބާމް އެހީތެރިވެއެވެ.

ކަންފަތުގެ ރިހުން ކަނޑުވައިދޭ

ކަންފަތަށް ތަނދުވާނަމަ، ކަންފަތުގައި ރަނގަޅަށް ވިކްސް ވޭޕޯރަބް އުނގުޅުމަށްފަހު، ސާފު ކަފަކޮޅަކުން ކަންފަތް ބަންދުކޮށް ގަޑިއިރެއް ވަންދެން ބަހައްޓާށެވެ. މިފަދައިން އަމަލުކުރުމުން ކަންފަތުގެ ރިހުން ކެނޑިގެން ދާނެއެވެ. އަދި މިއިން ކަންފަތުގެ ރިހުމަށް ލުއިކަމެއް ނުވަތަ ބަދަލެއް ނާންނަ ނަމަ، ވީއެންމެ އަވަހަކަށް ޑޮކްޓަރަކަށް ދައްކާށެވެ. ކަންފަތުގެ ރިހުން ވިކްސް ވޭޕޯރަބް އިން ކެނޑުނު ނަމަވެސް ކަންފަތަށް ދިމާވާ ތަފާތު އިންފެކްޝަންގެ ފަރުވާ ވިކްސް އިން ނުލިބޭނެއެވެ. މިއީ ހަނދާނުގައި ބަހައްޓަންޖެހޭ ކަމެކެވެ.

މޫނުގެ ރީތިކަން ދެމެހެއްޓުމަށް އެހީތެރިވެދޭ

undefined

މޫނުގައި ފަޅާ އޮށާޅަ އަދި ބިހިފަދަ ތަކެތި ފިލުވުމަށް ވިކްސް ވޭޕޯރަބް އެހީތެރިވެއެވެ. މިގޮތުން ރޭގަނޑު ނިނދާއިރު، ބިހި ނަގާފައިވާ ތަނުގެ މަތީގެ ތުނިކޮށް ވިކްސް ވޭޕޯރަބް ކޮޅެއް އުނގުޅާފައި ބަހައްޓާށެވެ. ހެނދުނު ހޭލައި މޫނު ދޮވެ ސާފުކޮށްލާށެވެ. މިފަދައިން އަމަލުކުރުމުން ފަސޭހައިން މޫނުގައި ޖަހާ ބިހި އޮށާޅަ ފަދަ ތަކެތިން ފަރުވާލިބި، މޫނުގެ ރީތިކަން ދެމެހެއްޓުމަށް އެހީތެރިކަން ލިބިގެންދެއެވެ.

ތަފާތު ތަނދުތަކުން ސަލާމަތްވެވޭ

ތަފާތު ކުޅިވަރުތައް ކުޅުމުން ހަށިގަނޑުގެ މަސްތަކަށް އަރާ ކުދި ތަނދުތައް އަދި އުނަގަނޑަށް އަރާ ކުދި ތަނދުތައް ވިކްސް ވޭޕޯރަބް އިން ފިލުވައިދެއެވެ. ވިކްސް ބާމްގައި އެކުލެވޭ ތަފާތު ޤުދްރަތީ މާއްދާތަކުން މިފަދަ ތަނދުތައް ނައްތާލެވެއެވެ.

ބަނޑުގެ މަސްތަކުގައި ހުންނަ ސަރުބި ނައްތާލުމަށް އެހީވެދޭ

undefined

އެއް ސަމްސާ ހިމުންކޮށްފައި ހުންނަ ކެމްފޯރ، އެއް ސަމްސަލުގެ ކޯލާވާޓަރ، އެއް ސަމްސަލުގެ ބޭކިން ސޯޑާ، ވިކްސް ވޭޕޯރަބްގެ ބައި ދަޅު އަޅައި އޮލަވަންދެން އެއްކޮށްލާށެވެ. ބަނޑުގެ ކަސްރަތު ކުރުމުގެ ކުރިން ތައްޔާރުކުރެވުނު ބޭސް ބަނޑުގައި އުނގުޅާލާށެވެ. އަދި ޕްލާސްޓިކް ކަވަރަކުން ނުވަތަ ފުޑް ރެޕަރ އަކުން ކަވަރު ކުރުމަށްފަހު، ބަނޑުގެ ކަސްރަތު ފަށާށެވެ. އަދި ކަސްރަތު ނިންމުމަށްފަހު، ކަވަރު ނައްޓައި، ގިނައަދަކަށް ފެން ބޭނުންކޮށްގެން ރަނަގަޅަށް ދޮވެލާށެވެ.

ބަނޑުގެ މަސްތަކުގެ ސަރުބި ވިރުވާލުމަށް ބޭނުންކުރާ އަގުބޮޑު ތަފާތު ބޭސްތަކަށްވުރެ، ނަތީއްޖާ ރަނގަޅުވެފައި، މިބޭހުން ދެހަފްތާ ނުވަތަ 3 ހަފްތާ ތެރޭގައި ބޮޑު ތަފާތެއް ފެނިގެން ދާނެއެވެ.

ވިކްސް ވޭޕޯރަބް ބޭނުންކުރުމުގައި އަމަލުކުރުން ރަނގަޅު ގޮތްތައް:

ހަންގަނޑުގައި ކުޑަ ތަންކޮޅެއްގައި ހާކައި، ވިކްސްގެ ސަބަބުން އެއްވެސް އެލާޖިކެއް ވޭތޯ ބަލާށެވެ. މިގޮތުން އެލާޖިކެއް ވޭތޯ ބެލުމަށް، އަތްތިލައިގެ ކަޅުހަމުގައި ކުޑަތަންކޮޅެއްގައި އުނގުޅައި، ދިލަ ނަގައި، ރަތް ވޭތޯ ނުވަތަ ހިރުވުމެއް ވޭތޯ ބެލުމަށް އިރުކޮޅަކު މަޑުކުރާށެވެ. މިފަދަ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ ވިކްސް ބޭނުން ނުކުރާށެވެ.

ދެއަހަރުން ދަށުގެ ކުދިންނަށް ވިކްސް ވޭޕޯރަބް ބޭނުން ނުކުރާށެވެ. ބޭނުންކޮށްފިނަމަ، ނޭވާލުމަށް އުދަނގޫވެ މައްސަލަތަކެއް ކުރިމަތިވުމަކީ އެކަށިގެންވާ ކަމެކެވެ.

ވިކްސް ވޭޕޯރަބް ބޭނުންކުރުމުން އެއްވެސް މައްސަލައެއް ކުރިމަތިވާކަން ޝައްކު ކުރެވޭނަމަވެސް، ވިކްސް ބޭނުންކުރުމުގެ ކުރިން، ސިއްޙީ މާހިރެއްގެ އެހީތެރިކަމާއި ލަފާ ހޯދާށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ