ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަސައްކަތް ކުރިއަށް
އަލްފާ އަލީ
6/26/2022, 11:38:50 AM
IMG_0569-1536x960
ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަސައްކަތަށް ބޭުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފި އެވެ.
އެމްޓީސީސީން މިއަދު ބުނީ، ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބިން ހިއްކުމުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ރިވެޓްމެންޓް ޖެހުމުގެ 58 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައި ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން، 3.48 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 255 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫއަކީ 18.25 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.