
DSC_4940
ކޮވިޑް19 ޖެހިގެން މިއަދު ދެ މީހަކު ނިޔާވެއްޖެ އެވެ.

އެ ބަލީގައި އެންމެ ފަހުން މީހަކު ނިޔާވީ ރޭގަ އެވެ. އެއީ 20 އަހަރުގެ ޒުވާނެކެވެ. އެނގިފައިވާ ގޮތުގައި، ބައްޔަށް ފައްސިވެ، ހުޅުމާލެ އޮރެންޖް ހިޔާގައި ފަރުވާ ހޯދަމުންދިޔަ 77 އަހަރުގެ ދިވެހި އަންހެނަކު ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ނިޔާވެފައެވެ. މިއީ މި ބަލީގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނިޔާވި ދެވަނަ މީހާއެވެ.
މިއަދުގެ މި ދެ މަރާއެކު ކޮވިޑް19 ގައި ރާއްޖޭން މަރުވި މީހުންގެ އަދަދު ވަނީ 303 އަށް އަރައިފަ އެވެ. އެއީ 284 ދިވެހީންނާއި 19 ބިދޭސީންނެވެ.