
photo_2022-06-23 15.00.14
ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޕްރޮޖެކްޓް މެނޭޖްމެންޓް ޕްރޮފެޝަނަލް ޖަމިއްޔާ "ޕްރޮޖެކްޓް މެނޭޖްމެންޓް އިންސްޓިޓިއުޓް" (ޕީ.އެމް.އައި) ގެ އޮތޮރައިޒްޑް ޓްރެއިނިންގ ޕާރޓނަރަކަށް އެވިޑް ކޮލެޖް ހަމަޖެހުމާގުޅިގެން އެކަން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އެވިޑް ކޮލެޖުން މަޢުލޫމާތު ދެއްވި ގޮތުގައި އެކަން އިފްތިތާހްކޮށްދެއްވީ ބީހައިވް ހޮޓެލްސްގައި އެކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމީ ހަފްލާގައި އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދެވެ. އަދި މިހަފްލާއި ޕްރޮޖެކްޓް މެނޭޖްމެންޓް ޕްރޮފެޝަނަލް އާއިބެހޭ ތަފާތު މަޢުލޫމާތު އެކުލެވިގެންވާ އިންޓްރޮޑަކްޓަރީ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހިއްސާކުރެވުނެވެ. އަދި ހަމައެހެންމެ ޕީ.އެމް.އައި ގެ އިންސްޓްރަކްޓަރއަކަށް އަލްފާޟިލް ހުސެން ހަލީމް ހަމަޖައްސަވައި އެކަމުގެ ބެޖްވެސް މިހަފްލާގައި އެފަރާތާއި ހަވާލުކުރެވުނެވެ.

ޕީ.އެމް.އައި ޓްރެއިނިންގ ސެންޓަރ އިފްތިތާހް ކުރެއްވުމަށްފަހު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދު ވިދާޅުވީ މިކަމުގެ ސަބަބުން އެވިޑް ކޮލެޖްގެ ތާރީޚްގައި އަނެއްކާވެސް ކުލަގަދަ ސަފުހާއެއް އިތުރުވީ ކަމުގައެވެ. އަދި އެކަމަށްޓަކައި ނުހަނު ހިތްހަމަޖެހޭކަމުގައެވެ.
އަބަދުވެސް އެމަނިކުފާނުގެ އެއްމަޤްޞަދަކީ ދިވެހިރާއްޖެއަށް މިފަދަ އާކަންކަން ތައާރަފްކޮށް އެވިޑް ކޮލެޖް މެދުވެރިވެގެން އެކަންކަމުގެ ފައިދާ ދިވެހިންނަށް ލިބުން ކަމަށާއިދިވެހިންނަށް ޚިދްމަތްކުރުމުގައި ދެމިހުރުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޕްރޮޖެކްޓް މެނޭޖްމެންޓަށް ޝަޢުޤުވެރިކަން ހުންނަ ފަރާތްތަކަށް އެވިޑް ކޮލެޖް މެދުވެރިވެގެން ޕްރޮޖެކްޓް މެނޭޖްމެންޓް ކެރިއަރ ފަށައިގެން ކުރިއަށް ގެންދެވޭނެކަމުގައެވެ. އަދި އިތުރު ލެވެލަކަށް ވާޞިލްވެ ކެރިއަރ އެޑްވާންސް ކުރުމުގެ ފުރުޞަތުވެސް އެބައޮތްކަމުގައެވެ. މީގެ އިތުރުން ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާގެ ތަޖުރިބާކާރު މީހަކަށްވެ އޭގެފައިދާ ބޮޑަށް ކުރާނެއެވެ.

ރޭ ބީހައިވް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ސީނިއަރ ބޭފުޅުންނާއި ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބެފުޅުން ބައިވެރިވެލެއްވިއެވެ.
އެވިޑް ކޮލެޖަކީ ރާއްޖޭގައި އެންމެ ފުޅާދައިރާއެއްގައި މަތީ ތަޢުލީމުގެ ފުރުސަތު އަތްފޯރާފަދަ އަގެއްގައި ދިވެހިންނަށް ފޯރުކޮށްދެމުން ގެންދާ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖެވެ.
ގުޅުންހުރި

އެވިޑް ކޮލެޖުން ޤަވާޢިދާ ޚިލާފަށް ސަނަދު ދޫކުރި މައްސަލަ ތަކުރާރުވުމުން ބޮޑު ޖޫރިމަނާއެއް!

އެވިޑް ކޮލެޖުން ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންއާގުޅިގެން ކޯސްތަކެއް ހިންގަނީ

އެވިޑް ކޮލެޖްއާއި ކޮއްކޮމެން ޕްރީ ސްކޫލާ ދެމެދު ތައުލީމީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކަށް




