logoEN
WAMCO TOP 1
އެވިޑް ކޮލެޖުން ޤަވާޢިދާ ޚިލާފަށް ސަނަދު ދޫކުރި މައްސަލަ ތަކުރާރުވުމުން ބޮޑު ޖޫރިމަނާއެއް!

އެވިޑް ކޮލެޖުން ޤަވާޢިދާ ޚިލާފަށް ސަނަދު ދޫކުރި މައްސަލަ ތަކުރާރުވުމުން ބޮޑު ޖޫރިމަނާއެއް!

އަހުމަދު ޝުރާއު

logo

6/21/2026, 2:44:01 PM

# އެވިޑް ކޮލެޖް

އެވިޑް ކޮލެޖު

އެވިޑް ކޮލެޖުގައި ރަސްމީކޮށް ރަޖިސްޓަރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް އެ މަރުކަޒުން ސަނަދު ދޫކުރި މައްސަލަ ތަކުރާރުވުމާ ގުޅިގެން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެ ކޮލެޖު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.

THE TRAVELLER AD

އެމްކިއުއޭއިން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ކުރީކޮޅުވެސް އެވިޑް ކޮލެޖުން މިފަދަ މައްސަލައެއް ފެންމަތުމުން އެޗްއީއައިއަށް ނަސޭހަތްތެރިވެ، ފުރަތަމަ ފިޔަވަޅު އަޅައި، އެކަން އާންމުކޮށް އިޢުލާނުކޮށްފައިވާނެއެވެ. ނަމަވެސް، އެ ފިޔަވަޅަށްފަހުވެސް ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އެ ކޮލެޖުން ސަނަދު ދީފައިވާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އަނެއްކާވެސް ވަނީ އައިސްފައެވެ.

މިކަން ތަކުރާރު ނުކުރުމަށް އެވިޑް ކޮލެޖަށް ހަރުކަށިކޮށް އަންގައި، އެމްކިއުއޭގެ އެޑްވައިޒަރީ ބޯޑުގެ ރަސްމީ ލަފައާއެކު ދެވަނަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖް މިހާރު ވާނީ ޖޫރިމަނާކުރެވިފައި ކަމަށް ބަޔާނުގައިވެއެވެ. އެމްކިއުއޭގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި، އެ އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ހަރުދަނާ ގަވާއިދާ ހިލާފަށް އެއްވެސް ތަޢުލީމީ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަކީ މަތީ ތަޢުލީމުގެ ޤާނޫނުގެ ދަށުން މަނާކަމެކެވެ.

އެމްކިއުއޭއިން ބުނި ގޮތުގައި، މިފަދަ ޒިންމާދާރުކަން ކުޑަ ޢަމަލުތަކުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގެ ފެންވަރާމެދު ބައިނަލްއަޤުވާމީ މަސްރަހުގައި އޮންނަ އިތުބާރު މުޅިން ކުޑަވެގެންދެއެވެ. އަދި ރާއްޖޭގެ އެކި މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ސައްހަކަމާމެދު ބޭރުގެ ޤައުމުތަކުގައި ސުވާލު އުފެދުމުގެ ފުރުޞަތު ބޮޑުވެ، ޤައުމީ ފެންވަރުގައި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެއެވެ.

ވުމާއެކު، ދަރިވަރުން އެއްވެސް މަތީ ތަޢުލީމީ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ކުރިން ނުވަތަ ކޮލެޖުތަކުން ޕްރޮގްރާމެއް ހިންގުމުގެ ކުރިން، އެއީ އެމްކިއުއޭއިން ހުއްދަދީފައިވާ ސައްހަ ޕްރޮގްރާމެއްކަން އެ އޮތޯރިޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ޔަޤީންކުރުމަށް އާންމުންނަށާއި ތައުލީމީ މަރުކަޒުތަކަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC