logoEN
cocacola
ހުވަދޫ ބެޑްމިންޓަން ކުލަބުން އަންހެން ކަބަލުންނަށް ހާއްސަކޮށްގެން ކޯޗިންގ ކޭމްޕެއް ފަށައިފި

ހުވަދޫ ބެޑްމިންޓަން ކުލަބުން އަންހެން ކަބަލުންނަށް ހާއްސަކޮށްގެން ކޯޗިންގ ކޭމްޕެއް ފަށައިފި

އަޙްމަދު ޖަމީލު

logo

6/20/2022, 6:24:24 PM

# ހުވަދޫ ބެޑްމިންޓަން ކްލަބް# ތިނަދޫ ޑަބްލިއުޑީސީ

photo_2022-06-20_18-56-08

ހުވަދޫ ބެޑްމިންޓަން ކުލަބުން އަންހެން ކަބަލުންނަށް ހާއްސަކޮށްގެން ގދ. ތިނަދޫގައި ބެޑްމިންޓަން ކޯޗިންގ ކޭމްޕެއް ފަށައިފި އެވެ.

ގޮސިޔާ

މި ކޯޗިންގ ކޭމްޕަކީ 18 ޖޫން އިން ފެށިގެން 2 މަސްދުވަހުގެ މުއްދަތައް ކުރިއަށް ގެންދެވޭ ޓްރއިނިންގ ޕްރޮގްރާމެއް ކަމަށް އެ ކުލަބުން މައުލޫމާތުދެއެވެ. މި ޕްރޮގްރާމް ކުރިޔަށްގެންދަނީ ގދ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެހީތެރިކަމާއި އެކުގައިކަމަށް ކުލަބުން މައުލޫމާތުދީފައިވެއެވެ.

އަންހެނުންނަށް ހާއްސަކޮށްގެން ހުވަދޫ ބެޑްމިންޓަން ކުލަބުން ކުރިއަށް މިގެންދާ ބެޑްމިންޓަން ކޭމްޕަކީ ހުވަދުއަތޮޅުގައި ބެޑްމިންޓަން ކުރިއަރުވައި، ބެޑްމިންޓަން ކުޅޭނެ އަންހެން ކަބަލުން އިރުތުކޮށް ބެޑްމިންޓްން އާއިލާ ބޮޑުލުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ކުލަބުން ބުނެއެވެ.

ގދ. ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ ބެޑްމިންޓަން ހޯލުގައި ކުރިއަށް ގެންދާ މި ކޯޗިނގް ކޭމްޕް ފަށާފައިވަނީ 18 ބައިވެރިޔަކާއި އެކުގައެވެ.

ހުވަދޫ ބެޑްމިންޓަން ކުލަބުން މައުލޫމާތުދޭ ގޮތުގައި މިފަދަ އިތުރު ޕްރޮގްރާމްތައް ހުވަދުއަތޮޅުގެ އެކިރަށްރަށަށް އަމާޒުކޮށްގެން ހިންގުމަށް ވަނީ ނިންމާފައެވެ. އަދި ކުރިޔަށް އޮތް 3 އަހަރު ދުވަހުގެ ތެރޭ ހުވަދު އަތޮޅުން 300 ކުޅުންތެރިން އުފެއްދުމަށް ކުލަބުން ނިންމާފައިވާކަމަށް ކުލަބުގެ ފަރާތުން މައުލޫމާތުދެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ