logoEN
cocacola
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސް - ޑރ. މުހައްމަދު އަލީ

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސް - ޑރ. މުހައްމަދު އަލީ

އައިޝަތު އިފާޝާ

logo

6/20/2022, 1:38:02 PM

# ކޮވިޑް19

B61E02B8-F1FB-412C-8AC2-63C42EDC1710

ރާއްޖޭގައި ކޮވިޑް-19 ކޭސްތައް ގިނަވަމުންދާ ކަމަަށް އައިޖީއެމް ހޮސްޕިޓަލުގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ޑރ މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެހެން ބަލިތަކުގައި ހޮސްޕިޓަލުގައި އެޑްމިޓްކުރާ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވަމުންދާ ކަމަށާއި، އޭގެން ދޭހަވަނީ މުޖުތަމައުގެ ތެރޭގައި ކޮވިޑް ބަލި ގިނަވަމުންދާ ކަން ކަމަށެވެ.

އެހެން ކަމުން ހޮސްޕިޓަލަށް ބަލި މީހުންނަށް ޒިޔާރަތްކުރުމުގައި ކުރިއަށްވުރެ އިތުރަށް ފަރުވާތެރިވުމަށް ވެސް ޑރ މުހައްމަދު އަލީ ކުރެއްވި ޓުވީޓުގައި އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާޓި، އެޗްޕީއޭއިން މިދިޔަ ހަފްތާގައިވަނީ ބޭރަށް ނިކުންނައިރު މާސްކު އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ގޮތުގައި 401 މީހުން އެބަތިއްބެވެ. އެއީ ގްރޭޓާރ މާލެ ރީޖަނުން 231 މީހަކާއި، އަތޮޅުތެރޭގެ އެހެނިހެން ރަށްރަށުން 95 މީހުންގެ އިތުރުން، އިތުރު 79 މީހެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ