
އިންޑިއާގެ ހިލޭ އެހީގެ ދަށުން އަބޫބަކުރު ސްކޫލް ހިމެނޭހެން ތިން ސްކޫލެއްގައި އިންކްލޫސިވް ސަޕޯޓް ޔުނިޓް ގާއިމްކުރަނީ
# ގދ.ތިނަދޫ# ލ. ގަން# ހއ. ދިއްދޫ# އަބޫބަކުރު ސްކޫލް# ހއ. އަތޮޅު ތަޢުލީމީ މަރުކަޒު# އިންޑިއާ# އިހައްދޫ ސްކޫލްCEC11B10-A5EC-4D2F-BEC4-69DECBE96130
އިންޑިއާގެ ހިލޭ އެހީގެ ދަށުން ގދ. ތިނަދޫ އަބޫބަކުރު ސްކޫލް ހިމެނޭހެން 3 ސްކޫލެއްގައި އިންކްލޫސިވް ސަޕޯޓް ޔުނިޓް ގާއިމްކުރަން ނިންމައިފިއެވެ.

ތިނަދޫ އަބޫބަކުރޫ ސްކޫލްގެ އިތުރިން ޔުނިޓްތައް އަޅަން ހަމަޖެހިފައި ވަނީ، ހއ. ދިއްދޫގައި ހުންނަ ހއ. އޭއީސީއާއި ލ. ގަމުގައި ހުންނަ އިހައްދޫ ސްކޫލުގައެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ އިއްޔެ ހއ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. މި މަޝްރޫއަށް އިންޑިއާއިން 4.6 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖައްސައިފައެވެ.
އިންޑިއާގެ 260 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި 45 އަށްވުރެ ގިނަ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ހިންގަމުންދާއިރު އޭގެ ތެރެއިން ގާތްގަނޑަކަށް 20 ވަރަކަށް މަޝްރޫއު ނިންމާ އިފްތިތާހު ކޮށްފައިވެއެވެ.
ގުޅުންހުރި

ފަތުރުވެރިންނަށް އަމާޒުކޮށް ކަޝްމީރުގައި ނިރުބަވެރި ހަމަލާއެއް ދީފި: މަރުވި މީހުންގެ އަދަދު 20 އަށް!
ދިއްދޫއަށް ދެން ވަޑައިގަންނަވާނީ، އެ ރަށުގެ އެއަރޕޯޓަށް ޖައްސާ މަތިންދާބޯޓުގައި - ރައީސް

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވެއްޖެ
