logoEN
cocacola
މެނޫއިން 30 ޕަސެންޓް ޑިސްކައުންޓާއެކު، ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗު ގޯސިޔާގެ ބޮޑު ސްކްރީނަށް!

މެނޫއިން 30 ޕަސެންޓް ޑިސްކައުންޓާއެކު، ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗު ގޯސިޔާގެ ބޮޑު ސްކްރީނަށް!

# ގޯސިޔާ# ކުޅިވަރު# ޗެމްޕިއަންސް ލީގް

gosiya og (3)

ޗެމްޕިއަންސް ލީގްގައި މިރޭ ކުޅޭ އެ މުބާރާތުގެ ފައިނަލް މެޗު ގޯސިޔާގެ ބޮޑު ސްކްރީނުގައި އެޅުވުމަށް ނިންމައިފިއެވެ.

ގޮސިޔާ

ގާފު އޮންލައިނަށް މައުލޫމާތު ދެއްވަމުން ގޯސިޔާގެ ވެރިޔާ، އުމަރު ވާއިލް މަޙްމޫދު ވިދާޅުވީ މިރެއަކީ ގޯސިޔާއާއި ގޯސިޔާގެ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ރެއެއް ކަމަށެވެ. ސަބަބަކީ މިރޭ ވެގެންދާނީ އެ ރެސްޓޯރެންޓުގެ ބޮޑު ސްކްރީނުގައި އަލަށް މެޗެއް އަޅުވާ ރެއަށް ވުމެވެ. އަދި މީގެ ފަހުން ފުޓްބޯޅަ މުބާރާތްތަކުގެ މެޗުތައް އަޅުވަމުން ގެންދާނެ ކަމަށްވެސް ވާއިލް ވިދާޅުވިއެވެ.

މުޅިން އަލަށް ބޮޑު ސްކްރީނުގައި އަޅުވާ މެޗުގެ މުނާސަބަތުގައި މިރޭ ޚާއްސަ ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންދަން ގޯސިޔާއިން ވަނީ ރާވާފައެވެ. ވާއިލް ވިދާޅުވީ މިރޭ 00:00ގައި ފަށާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުރިއަށްދާ ވަގުތު، އެ ރެސްޓޯރެންޓުގެ މެނޫގައި ހިމެނޭ ހުރިހާ އެއްޗަކުން 30 ޕަސެންޓް ޑިސްކައުންޓު ލިބޭނެ ކަމަށެވެ.

ކަސްޓަމަރުންނަށް ޚާއްސަ ހިތްގައިމު މާހައުލެއް ގާއިމްކުރުމަކީ އަބަދުވެސް ގޯސިޔާގެ އަމާޒު. އެގޮތުން އަލަށް ބޮޑު ސްކްރީން ތައާރަފް ކުރުމާ ދިމާކޮށް މިރޭ އޮންނަ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުރިއަށްދާ ވަގުތު އަޅުގަނޑުމެން މިވަނީ ނިންމާފަ ހުރިހާ ކެއުންބުއިމުގެ ބާވަތަކުން 30 ޕަސެންޓް ޑިސްކައުންޓް ދޭން. --ގޯސިޔާގެ ވެރިޔާ، ވާއިލް

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބައްދަލުކުރަނީ ލިވަޕޫލް އާއި ރިއާލް މެޑްރިޑް އެވެ. މެނޫގެ ބާވަތްތަކުން 30 ޕަސެންޓު ޑިސްކައުންޓު ދިނުމުގެ އިތުރުން، މިރޭގެ މެޗުގެ މެޗް ސްކޯ ޕްރެޑިކްޓްކޮށްގެން ގުރުއަތުން ހޮވޭ ފަރާތަކަށް 500 ރުފިޔާގެ ގިފްޓް ވައުޗާއެއް ދިނުމަށްވެސް ގޯސިޔާއިން ވަނީ ނިންމާފައެވެ.

View post on Facebook

ރީބްރޭންޑަކަށްފަހު ގޯސިޔާ އަލުން ހުޅުވިގެން ދިޔައީ މިއަހަރުގެ ރޯދަ މަހަށެވެ. ގޯސިޔާ އަލުން ހުޅުވި އިރު، އެރެސްޓޯރެންޓުގައި ވީއަޕީ ޚާއްސަ ބަޔަކާއި އައުޓްޑޯ ބައެއްގެ އިތުރުން ޒުވާނުންނަށް ޚާއްސަ ލައުންޖެއްވެސް ވަނީ ހިމެނިގެން ގޮސްފައެވެ. އަދި މުޅި ރެސްޓޯރެންޓުވެސް ފަރުމާކޮށްފައިވަނީ ޒަމާނީ އާކިޓެކްޗާ އަކަށެވެ.

މިރޭ އޮންނަ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު، ބޮޑު ސްކްރީނުގައި ދެއްކުން އޮންނާނީ ގޯސިޔާގެ ޓެރެސް ބައިގައެވެ. އަދ ރެސްޓޯރެންޓުގެ ހުރިހާ ބައެއްގައިވެސް މެޗު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ