logoEN
cocacola
ގައުމަށް ބޭނުންވާ ތެޔޮ ހޯދުމަށް ލަންކާއިން ރަޝިއާގައި އެދިއްޖެ

ގައުމަށް ބޭނުންވާ ތެޔޮ ހޯދުމަށް ލަންކާއިން ރަޝިއާގައި އެދިއްޖެ

ޙުސައިން އާހިލް

logo

5/27/2022, 4:45:37 PM

# ސްރީލަންކާ# ރަޝިއާ

file-20220208-32113-19rrgr5

އަވަށްޓެރި ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާގެ ސަބަބުން އެގައުމުން ތެޔޮ ހުސްވެފައިވާތީ، ތެޔޮ ހޯދުމަށް ރަޝިއާގައި އެދިއްޖެ އެވެ.

ގޮސިޔާ

ރަޝިއާގެ އާރުއައިއޭ ނޮވޮސްޓީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ތެޔޮ ފޯރުކޮށްދިނުމަށް އެދި ސްރީލަންކާއިން އެދިފައިވާ ކަމަށް ރަޝިއާގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. ނަމަވެސް އެކަމާ މެދު ސަރުކާރުން ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށާއި، ލަންކާއިން އެދިފައިވާ އެހީ ހަމަޖައްސާނީ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހުގައި ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނީ، ސްރީލަންކާއަށް އެހީވެދެވޭނެ ދާއިރާތަކާއި ގޮތްތައް ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މިމަހުގެ 16 ވަނަ ދުވަހު އެގައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި، ރަނިލް ވިކްރަމްސިންހަ ހާމަކުރެއްވި ގޮތުގައި އެގައުމުގައި ޕެޓްރޯލް ހުރީ އެންމެ ދުވަހަކަށް ބޭނުން ކުރެވޭ މިންވަރަށެވެ. އަދި ގައުމުގެ ރިޒާވްގައި ޑޮލަރު ނެތުމުގެ ސަބަބުން އިތުރަށް ތެޔޮ ގަންނާނެ ގޮތެއްވެސް ނެތެވެ.

ތެލާއި ކަރަންޓުގެ ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑުވާނެކަމުގެ އިންޒާރު ރަނިލް ދެއްވި އެވެ. އަދި ގެއްލުން ކުޑަކުރުމުގެ ގޮތުން، މިހާރު ވެސް ގެއްލުމާ އެކު ހިންގާ ގައުމީ އެއާލައިން ވިއްކާލާނެ ކަމަށް ވިދާޅުވި އެވެ.

ކަރަންޓުގެ އަގު ބޮޑު ވެދާނެ ކަމުގެ އިންޒާރުގެ އިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި ކޮންމެ ދުވަހަކު 15 ގަޑިއިރަށް ގައުމުން ކަރަންޓުން ކަނޑަން ޖެހިދާނެ ކަމަށްވެސް ރަނިލް ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ