logoEN
cocacola
ވިލިމާލެ ހޮސްޕިޓަލްގައި މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ކުޑަކުދިންނަށް ދިން މައްސަލައެއް ބަލަނީ

ވިލިމާލެ ހޮސްޕިޓަލްގައި މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ކުޑަކުދިންނަށް ދިން މައްސަލައެއް ބަލަނީ

އައިޝަތު އިފާޝާ

logo

5/27/2022, 1:27:52 PM

# ވެކްސިން# ވިލިމާލެ ހޮސްޕިޓަލް

Covid Vaccine

ވިލިމާލެ ހޮސްޕިޓަލްގައި މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ކުޑަކުދިންނަށް ދިން މައްސަލައެއް ބަލަން ފަށައިފިއެވެ.

ގޮސިޔާ

ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓްރީ އޮފް ހެލްތުގެ އޮފިޝަލަކު ވިދާޅުވީ، ވިލިމާލެ ހޮސްޕިޓަލްގައި މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ކުޑަކުދިންތަކަކަށް ދިން ކަމުގެ ޝަކުވާއެއް ލިބުމުން އެކަންތައް މިނިސްޓްރީން ބަލަމުން ގެންދާ ކަމަށެވެ.

އެހެން ނަމަވެސް މުއްދަތު ހަމަވެފައިވާ ވެކްސިން ދީފައިވަނީ ކިތައް ކުޑަކުދިންނަށް ކަމެއް އަދި އެއީ ކޮން ވެކްސިންއެއް ކަމެއްވެސް މިހާތަނަށް މިނިސްޓްރީއިން ހާމަކޮށްފައިނުވެއެވެ.

މިފަދަ މައްސަލައެއް ފުރަތަމަ ސަމާލުކަމަށް ގެނައީ ވިލިމާލެ ޕީޕީއެމް ސްޓިއަރިން ކޮމިޓީގެ މެމްބަރެއް ކަމަށްވާ އައިމިނަތު ސީނާ މުހައްމަދެވެ. ވެކްސިންގެ ފޮޓޯއަކާއެކު އޭނާ ކުރި ޓުވީޓެއްގައި ބުނީ، ވިލިމާލެ ހޮސްޕިޓަލުން ދިން ވެކްސިނަކީ ކުއްޖާގެ އަގަޔަށް އަޅަންދިން ވެކްސިނެއް ކަމަށެވެ. ނަމަވެސް އޭގެ މުއްދަތު ހަމަވެފައިވާކަން އެނގުމުން އެ ދިނުމަށް ކުއްޖާގެ ބައްޕަ އިންކާރު ކުރި ކަމަށް ބުނެފައިވެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ