logoEN
cocacola
ހޮރައިޒަންގެ މައްސަލަ ހައްލުނުވަނީ ސަރުކާރުގެ މައްސަލައަކުން - ފިރުޝާން

ހޮރައިޒަންގެ މައްސަލަ ހައްލުނުވަނީ ސަރުކާރުގެ މައްސަލައަކުން - ފިރުޝާން

އަލްފާ އަލީ

logo

5/18/2022, 2:03:26 PM

# ހުސައިން ފިރުޝާން# ގދ. ހޯނޑެއްދޫ# ހޮރައިޒަން ފިޝަރީސް

firushan

މަސް ފެކްޓަރީއެއް އެޅުމަށް ހޮރައިޒަން ފިޝަރީޒް އަށް ދީފައިވާ ގދ. ހޯނޑެއްދޫ ބިމުގެ މައްސަލަ ހައްލުނުވަނީ ސަރުކާރުުގެ މައްސަލައަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން މިއަދު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންގެ ސުވާލަކަށް ޖަވާބު ހޯދުމަށް ފިޝަރީޒް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް، ލިބިވަޑައިގެންނެވި އިތުރު ފުރުސަތުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހޮރައިޒަން ފިޝަރީޒްގެ މަސައްކަތާއި ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ހޯނޑެއްދޫގައި ގާއިމްކުރާ ހޮރައިޒަން މަސްފެކްޓަރީ ނިންމޭނެ ދުވަހެއް އެފަރާތުން ދީފައިނުވާ ކަމަށާއި، އެންމެ ފަހުން ދީފައިވާ ތާރީހަށްވެސް ނިންމިފައިނުވާ ކަމަށެވެ.

އެ ޖަވާބާއި ގުޅިގެން ނިޒާމާބެހޭ މައްސަލައެއް ނަންގަވައި މަޑަވެލިދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ، ފިޝަރީޒް މިނިސްޓަރ ދެއްވީ ދޮގު ޖަވާބެއް ކަމަށާއި، އެގޮތުން ހޮރައިޒަންގެ މަސައްކަތްތައް ނިންމަން މުހުލަތެއް ދީފައިވާ ކަމަށާއި، އެގޮތުން ހޮރައިޒަންގެ މައްސަލައާ ގުޅިގެން މަޖިލީހުގައި ކުރީގެ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވެސް ދޮގު މައުލޫމާތުދެއްވާފައިވާ ކަމަށެވެ.

"ހޮރައިޒަން ގެ މައްސަލަ ހައްލު ނުވަނީ އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުގެ މައްސަލައަކުން. ފިޝަރީޒް މިނިސްޓްރީން އެތަނަށް މުހުލަތެއް ދިނީމަ އެމީހުން އެތަނެއް ހަދާނެ. އެހެން ނޫނީ ވަކިކޮށްލުން ވަރަށް ބޮޑަށް އެދެން" ހުސެއިން ފިރުޝާން

ފިރުޝާން އިތުރަށް ވިދާޅުވީ، 17 އަހަރުވެގެންދިޔައިރު އެއްވެސް ކަމެއް އެތަނުން ކުރެވިފައި ނުވާ ކަމަށެވެ.

މެމްބަރު ފިރުޝާންގެ ވާހަކަތަކަށް ރައްދުދެއްވައި ފިޝަރީޒް މިނިސްޓަރ ވިދާޅުވީ، މަޖިލީހުގައި ކުރިން ދިން މުއްދަތަކަށް ނުނިންމުނު ކަމަށް ވިދާޅުވެފައިވާ ކަމަށް މަޖިލީހުގެ ރެކޯޑުން ފެންނަން އޮންނާނެ ކަމަށެވެ. އެހެންކަމުން މަޖިލީހުގައި އިތުރުފުޅުހެއްދެވިފައިވާ ކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ