
-
ގދ. ހޯނޑެއްދޫ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު ހޯނޑެއްދޫގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައިސުލްޖުމްހުރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް އެވެ.
މި ރަސްމިއްޔާތުގައި މަޑަވެލި ދާއިރާގެ މަޖްލިސް މެންބަރު މުޙައްމަދު ޝަމީޒްއާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިސްމާޢިލް ހަމީދު އާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ، މުޙައްމަދު ޖަމްޝީދް އަދި ގދ. ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝްއާއި މުޢައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން، 3.33 ކިލޯމީޓަރުގެ 7 މަގެއް ތަރައްޤީ ކުރާނެއެވެ. އަދި މި މަގުތަކުގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި ސަރވިސް ލައިން އެޅުމާއި ޕޭވްމަންޓް ހެދުމާއި ދުއްވާ ސަރަހައްދެއް ޤާއިމުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫޢަކީ 93.06 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމުމަށް މިކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ގުޅުންހުރި

ހޯނޑެއްދޫ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ސްމާޓް ސިޓީ މިޝަންގައި ހޯނޑެއްދޫ ކައުންސިލް އިންޑިއާއަށް: ހުރިހާ ހަރަދެއް އިންޑިއާ ސަރުކާރުން!

ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސް ނިންމަވައިފި

.gif&w=3840&q=75)



