logoEN
Sto top
ސްމާޓް ސިޓީ މިޝަންގައި ހޯނޑެއްދޫ ކައުންސިލް އިންޑިއާއަށް: ހުރިހާ ހަރަދެއް އިންޑިއާ ސަރުކާރުން!

ސްމާޓް ސިޓީ މިޝަންގައި ހޯނޑެއްދޫ ކައުންސިލް އިންޑިއާއަށް: ހުރިހާ ހަރަދެއް އިންޑިއާ ސަރުކާރުން!

އަހުމަދު ޝުރާއު

logo

11/2/2025, 3:51:11 PM

# ގދ. ހޯނޑެއްދޫ

-

ސްމާޓް ހޯނޑެއްދޫ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ހަރަކާތްތަކުގެ ތެރެއިން ސްމާޓް ސިޓީއެއްގެ ތަޖުރިބާ ހޯދުމަށް، އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯރ ގުޑް ގަވަނެންސް (އެން.ސީ.ސީ.ޖީ) އިން ކުރިއަށްގެންދާ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ހޯނޑެއްދޫ ކައުންސިލްގެ ވަފުދެއް އިންޑިއާއަށް ފުރައިފިއެވެ.

Wamco

ނޮވެމްބަރ 3 އިން 14 އަށް ކުރިއަށްދާ މި ޕްރޮގްރާމްގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދެނީ އިންޑިއާ ސަރުކާރުންނެވެ.

މި ދަތުރުގައި ހޯނޑެއްދޫ ކައުންސިލްގެ 5 މެންބަރުންނާއި 5 އިދާރީ މުވައްޒިފުން ހިމެނޭހެން ޖުމްލަ 10 ބޭފުޅުން ބައިވެރިވެއެވެ. ހޯނޑެއްދޫ ކައުންސިލްގެ ބޭފުޅުންގެ އިތުރަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސްގެ 20 ބޭފުޅުން ވެސް މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ. އިންޑިއާގެ މަސޫރީގައި ހުންނަ އެން.ސީ.ސީ.ޖީ އިން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން، ސްމާޓް ސިޓީތަކުގެ ތަޖުރިބާ އާއި އައު ޓެކްނޮލޮޖީތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ޢަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން އިންޑިއާގެ މުހިންމު ސިޓީތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ދެހެރަދުންގެ ސްމާޓް ސިޓީ އާއި ޗާންދިގަރްގެ ސްމާޓް ސިޓީއަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ނިއުދެއްލީ މުނިސިޕަލް ކައުންސިލަކާއި ނިއުދެއްލީގައި ހުންނަ ވޯރލްޑް ޓްރޭޑް ޓަވަރަށް ވެސް ވަފުދުން ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރާއި މަޝްރޫޢު އާއި ގެޅޭ އެހެން ކަންކަމަށް 14 ނޮވެމްބަރ 2024 ގައި ސްމާޓް ހޯނޑެއްދޫ ޕްރޮޖެކްޓާއި ގުޅޭގޮތުން ހޯނޑެއްދޫ ކައުންސިލުން އިންޑިއާ އެމްބަސީއާއެކު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި، މަޝްރޫޢުއަށް އިންޑިއަން އެމްބަސީ އިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި، ބޭނުންވާ ޢަމަލީ ތަޖުރިބާ އަދި ޓެކްނިކަލް އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި މަޝްވަރާތަކަށްފަހު، ސްމާޓް ހޯނޑެއްދޫ މަޝްރޫޢުގެ ފުރަތަމަ ފިޔަވެހީގެ ގޮތުގައި ސްމާޓް ސިޓީގެ ތަޖުރިބާ ހޯދުމުގެ މި ދަތުރު ހަމަޖައްސައިދިނުމަށް އިންޑިއާ އެމްބަސީން ވަނީ ނިންމާފައެވެ. އަދި ދެވަނަ ފިޔަވަހީގައި ތަންފީޒުކުރުމަށް ބޭނުންވާ ފަންޑު ހަމަޖެއްސުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސްމާޓް ހޯނޑެއްދޫ މަޝްރޫޢުގެ 10 އަހަރު ދުވަހަށް ޕްލޭންކޮށްގެން ކުރިއަށް ގެންދާ ޑިޖިޓަލައިޒޭޝަން މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، ކައުންސިލުން ދޭ ހުރިހާ ޚިދުމަތްތަކަށް އެދުމާއި ފައިސާ ދެއްކުމާއި ޝަކުވާ ހުށަހެޅޭނެ ''ވާރުގެ'' ސާވިސް ޕޯޓަލް މިއަހަރުގެ ޑިސެމްބަރ މަހުގައި ލޯންޗުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އުރީދޫ މޯލްޑިވްސްއާ ގުޅިގެން ހިންގާ ޑިޖިޓަލް ސައިނޭޖް މަޝްރޫޢުގެ ދަށުން 4*8 ފޫޓުގެ ޑިޖިޓަލް ބޯޑެއް ބެހެއްޓުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. ސްމާޓް ހޯނޑެއްދޫ މަޝްރޫޢުގެ ދަށުން ސްޓްރީޓް ލައިޓްތައް ސޯލާ ލައިޓަށް ބަދަލުކުރުމާއި ރަށުގެ ސެކިއުރިޓީ ބެލެހެއްޓުމަށް މުހިންމު ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ބެހެއްޓުމަށް ވެސް ވަނީ ރާވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC