
b_lhb8ege2g2EROXDtczJHV0U7E
ކުރީގެ ބަންޑާރަ ނައިބު، އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެމައްސަލަ މައްސަލަ އެކޯޓުން މިއަދު ބޭރުކޮށްލައިފިއެވެ.

އާޒިމާގެ މައްޗަށް ކޮށްފައިވަނީ، ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ކުރީގެ ރައީސް ޔާމީން އަށް ލިބުނު ކަމަށްބުނާ، އެއްމިލިއަން ޑޮލަރުގެ މައްސަލައިގައި އެކުށަށް މަގުފަހި ކޮށްދިނީ އާޒިމާކަށް ބުނެ ދައުލަތުން ކޮށްފަިއވާ ދައުވާއެވެ. މިމައްސަލަ ކްރިމިނަލް ކޯޓުގައި މަދަނީ މިންގަނޑު ކުރިއަށް ގެންދިއުމަށް ނިންމުމުން އާޒިމާ ވަނީ މި މައްސަލަ ހައިކޯޓަށްވެސް ހުށަހަޅާފަ އެވެ.
ހައިކޯޓުން މި މައްސަލާގައި މިދިިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ހުކުމް އިއްވަމުން ވިދާޅުވީ، މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭތޯ ބަލަނީ ކުށުގެ އުންސުރުތައް ސާބިތުވާ ވަރުގެ ހެކި ހުރިތޯ ފަނޑިޔާރަށް ގަބޫލު ކުރެވޭނަމަ އެވެ. އެހެން ނަމަވެސް މި މަރުހަލާއަކީ ހެކިތަކުގެ އެންމެ ފުނަށް ވަޒަން ކުރަން ޖެހޭ މަރުހަލާއެއް ނޫން ކަމަށާއި، މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ހައިކޯޓުން އެ ގޮތަށް ހުކުމް ކުރުމުން އާޒިމާގެ ފަރާތުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.
އެ މައްސަލައާއި މެދު މިއަދު ނިޔާ އިއްވަމުން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އާޒިމާގެ ފަރާތުން ހުށަހެޅި މައްސަލަ ޖިނާއީ އިޖުރާއްތަކުގެ ގާނުނުގެ ސަބަބުން މިހާރު އިސްތިއުނާފް ނުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުން ވަނީ އާޒިމާގެ ވަކީލު، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިޔާހަތަށް އާޒިމާއަށް ވަކާލާތު ނުކޮށްދެވޭނެ ކަމަށްވެސް ނިންމަވާފައެވެ.
ގުޅުންހުރި

އާޒިމާގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގ އާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ އަނބުރާ ގެނެސްފި

އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުލްޣަނީ އައްޔަންކުރައްވައިފި

އުއްތަމަ ފަޑިޔާރު މާދަމާ ރިޓަޔާ ކުރައްވާނެ: ސުޕްރީމްކޯޓު ހިންގެވުން އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއަށް!





