logoEN
Sto top
އުއްތަމަ ފަޑިޔާރު މާދަމާ ރިޓަޔާ ކުރައްވާނެ: ސުޕްރީމްކޯޓު ހިންގެވުން އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއަށް!

އުއްތަމަ ފަޑިޔާރު މާދަމާ ރިޓަޔާ ކުރައްވާނެ: ސުޕްރީމްކޯޓު ހިންގެވުން އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއަށް!

އަހުމަދު ޝުރާއު

logo

7/20/2025, 5:03:56 PM

# ސުޕްރީމް ކޯޓު

-

ސުޕްރީމު ކޯޓު ހިންގެވުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއާ ޙަވާލުކުރުމަށް ނިންމަވައިފި އެވެ.

Wamco

ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭ.އެސް.ސީން މިފަދައިން ނިންމާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 26 ވަނަ ޖަލްސާގައި އެވެ.ޖޭއެސްސީން ބުނީ ރާއްޖޭގެ އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، މާދަމާއިން ފެށިގެން ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔަރކޮށްދިނުމަށް ކޮމިޝަނުން ނިންމަވާފައިވާކަމަށެވެ.

އަދި އެ މަޤާމަށް ބޭފުޅަކު ހަމަޖެހެންދެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއާ ޙަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު 2019 ގަ އެވެ. އޭގެ ކުރިން އެ މަނިކުފާނު ވަނީ 2010 އިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.

މުއުތަސިމަކީ ފެހި ގާނޫނުއަސާސީގެ ދަށުން އުއްތަމަ ފަނޑިޔާރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC