
saff
ގއ މާމެންދޫ ސްކޫލުގެ އެކްސްޓެންޝަން މަސައްކަތްތަށް ބަޔަކާއި ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ބުނީ މާމެންދޫ ސްކޫލުގައި 2 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބަޔަކާއި މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްއާއެވެ. މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން އަހުމަދު ރިޔާޒްއެވެ. އަދި ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލީ ޝަނީޒްއެވެ.
މި މަސައްކަތަށް އެ ކުންފުނިން ހުށަހަޅާފައިވަނީ 2,371,136.89ރ އެވެ. އަދި މިމަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށްވަނީ ކަނޑައަޅާފައެވެ.
މިއީ ޖަޕާން އެއިޑް ގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓެކެވެ.