
އަޒުމް އެކަޑަމީ އިން މާމެންދޫގައި ފުޓްސަލް ޓްރޭނިންގ ޕްރޮގުރާމެއް ފަށަނީ
# އަޒުމް އެކަޑަމީ# ގއ.މާމެންދޫ# ފުޓްސަލްއަޒުން އެކަޑަމީގެ ފަރާތުން ހިންގާ ޕްރޮގުރާމެއްގެ ތެރެއިން
ގއ.މާމެންދޫގައި ހަރަކާތްތެރިވަމުން އަންނަ ކުލަބު ޖަމްއިއްޔާއެއްކަމަށްވާ އަޒުމް އެކަޑަމީގެ ފަރާތުން އެރަށުގައި ފުޓްސަލް ޓްރެއިނިންގ ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށް ނިންމައި އެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަޒުމް އެކަޑަމީގެ ފަރާތުން ގާފު ސްޕޯޓްސް އަށް މައުލޫމާތު ދިން ގޮތުގައި މިފަދަ ޕްރޮގުރާމެއް ހިންގުމުގެ ބޭނުމަކީ ގިނަ ބެލެނިވެރިން ތަކެއްގެ އެދުމާއެކު މާމެންދޫގައި ފުޓްސަލްގެ ފޯރި އިތުރުކޮށް މުސްތަގުބަލަށް ހުނަރުވެރި ކުޅުންތެރިން ބިނާކުރުމުގެ މަގުސަދުގައެވެ.
އަޒުން އެކަޑަމީގެ ފަރާތުން ހިންގާ ރެފްރީން ތަމްރީނު ކުރުމުގެ ޕްރޮގުރާމް ތެރެއިން
މީގެ އިތުރުން މިމަހު ފަހުކޮޅު އެކަޑަމީ ފުޓްސަލް ޓްރެއިނިންގ ކްލާސްތައް ފެށުމަށް އެ އެކަޑަމީގެ ފަރާތުން ތައްޔާރުވަނުން އަންނައިރު، މި ޕްރޮގުރާމުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުން 2024 ޖޫން 9 ގެ ކުރިން 7568000 ނަންބަރަށް ގުޅައި ނަން ނޯޓް ކުރުން ކުރިޔަށް ގެންދިޔުމަށް އެކަޑަމީއިން ވަނީ އެދިފައެވެ.
އަޒުން އެކަޑަމީގެ ފަރާތުން ހިންގާ ރެފްރީން ތަމްރީނު ކުރުމުގެ ޕްރޮގުރާމް ތެރެއިން
މީގެ ކުރިން 2020 އަދި 2021 ވަނަ އަހަރުވެސް އަޒުމް އެކަޑަމީއިން ފުޓްސަލް ޓްރޭނިންގ ޕްރޮގުރާމެއް މާމެންދޫގައި ކުރިއަށް ގެންދިޔައެވެ. އަދި އޭގެ ފަހުން 2023 ވަނަ އަހަރު އެ އެކަޑަމީ އިން ވަނީ ރެފްރީން ޑިވޮލަޕްމަންޓް ފުރޮގުރާމެއް ފަށާފައެވެ.
އަޒުން އެކަޑަމީގެ ފަރާތުން ހިންގި ފުޓްސަލް ތަމްރީނު ކުރުމުގެ ޕްރޮގުރާމެއްގެ ތެރެއިން
މިމަހު ފަހުކޮޅު ފެށުމަށް ހަމަޖެހުފައިވާ އަޒުމް އެކަޑަމީގެ ފުޓްސަލް ޕްރޮގުރާމް ހުޅުވާލެވިފައިވަނީ އެލްކޭޖީ އިން ފެށިގެން ގްރޭޑް 10 ގެ ދަރިވަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. އަދި ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ މަހަކުވެސް ކުއްޖެއްގެ އަތުން 200ރ އެވެ.
އަޒުމް އެކަޑަމީގެ މެއިން ސްޕޮންސަރ އަކީ ވިލެޖް ލައިފް މޯލްޑިވްސް އެވެ. އަދި ޖާރޒީ ކިޓް ޕާޓްނަރ އަކީ ވާސަސް އެމްވީ އެވެ.
ގުޅުންހުރި

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސެލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޖުލައި މަހު 31 ގެ ނިޔަލަށް

ފަހުވަގުތު ކާމިޔާބުކުރި ލަނޑުތަކާއެކު އޮރިކްސް ބަލިކޮށް ރެޑްހޯކްސް ތަށި ދިފާއުކޮށްފި

އަޒުމް އެކަޑަމީ އިން މާމެންދޫގައި ފުޓްސަލް ޓްރޭނިންގ ޕްރޮގުރާމެއް ފަށަނީ
