
ydjbts4k-large
މެދު އިރުމަތީގެ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ފެއަރ އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގައި ރާއްޖެ ޕްރޮމޯޓު ކުރުމުގެ މަސައްކަތް އެމްއެމްޕީއާރްސީން ފަށަފިއެވެ.

ދުބާއީގެ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރ ނުވަތަ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިޔަށްދާ މި ފެއާގައި ރާއްޖެއިން ރާއްޖޭގެ 62 ކުންފުންޏަކުން ބައިވެރިވެއެވެ.
މިއީ މިފަދަ ފެއަރއެއްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ އެންމެ ބޮޑު ޓީމެވެ. އަދި މިއީ މިއަހަރު މިހާތަނަށް އެމްއެމްޕީއާރްސީން ބައިވެރިވާ އެންމެ ބޮޑު ހަރަކާތްވެސްމެއެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޠައްޔިބު މުޙައްމަދު ވިދާޅުވީ މި މާކެޓަކީ ރާއްޖޭގެ ބްރޭންޑް މެދުއިރުމަތީގައި އިސްތިހާރުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
"މެދުއިރުމައްޗަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް މާކެޓު. މި މާކެޓުގެ ދަތުރުވެރިންނަށާއި ވިޔަފާރިތަކަށް ދުނިޔޭގެ އެއްވަނަ މަންޒިލުގެ ހާއްސަކަން ކިޔައިދިނުމަކީ ލިބޭ އުފަލެއް" އޭނާ ވިދާޅުވިއެވެ.
އޭޓީއެމް 2022ގެ ތެރެއިން މެދުއިރުމަތީގެ މާކެޓުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ އަދި ރައްކާތެރި މަންޒިލްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސެގްމެންޓުތައްކަމަށްވާ ލަގްޒަރީ، ހަނީމޫން، ރޮމޭންޓިކް، ފެމިލީ އަދި އެޑްވެންޗާގެ އިތުރުން މައިސްގެ ކްލައިންޓުންނަށް ރާއްޖެއިން ލިބޭ ހިދުމަތްތައް މި ހަރަކާތް މެދުވެރިކޮށް އިޝްތިހާރުކުރުމުގެ ފުރުސަތު ލިބޭ ކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް، އަދި ލިވަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް މެދުއިރުމަތީގެ ފަރާތްތަކަށް އިޝްތިހާރުކުރުންވެސް ހިމެނޭނެ ކަމަށް އެކުންފުނިން ފާޙަގަ ކުރެއެވެ.
ގުޅުންހުރި

ހަލާލް އެކްސްޕޯ އަދި ޔޫރޭޝިއާ ޓޫރިޒަމް އެންޑް ހެލްތު އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ

ރާއްޖެ އިޝްތިހާރު ކުރުމަށް ލަންޑަންގައި ޓެކްސީ ކެމްޕޭނެއް ފަށައިފި

ރާއްޖޭގެ ޚާއްސަ ކާމިޔާބީތައް ދައްކުވައިދޭ މޯލްޑިވްސް ބުކް އޮފް ރެކޯޑްސް އިފްތިތާހުކޮށްފި





