logoEN
cocacola
ރާއްޖެ އިސްތިހާރުކުރުމާށް ގަތަރު އެއާވޭސްއާއި ގުޅިގެން މަސައްކަތްކުރަން އެއްބަސްވެއްޖެ

ރާއްޖެ އިސްތިހާރުކުރުމާށް ގަތަރު އެއާވޭސްއާއި ގުޅިގެން މަސައްކަތްކުރަން އެއްބަސްވެއްޖެ

އަހުމަދު ޝުރާއު

logo

5/10/2022, 2:59:37 PM

# ވިޒިޓް މޯލްޑިވްސް# ގަތަރު އެއާވޭސް# އެމްއެމްޕީއާރުސީ

qatars

ފުޅާދައިރާއެއްގައި ރާއްޖޭ އިސްތިހާރު ކުރުމުގެ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެމްއެމްޕީއާރްސީ އަދި ޤަތަރު އެއަރވެއިސްއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގޮސިޔާ

އަރަބިއަން ޓްރެވެލް މާކެޓް 2022 ގެ ހަވާސާގެ ތެރެއިން ބޭއްވި ޚާއްސަ ރަސްމިއްޔިއްތެއްގައި މި އެއްބަސްވުމުގައި ޤަތަރު އެއަރވެއިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެއެއަރލައިންގެ ޗީފް ކޮމާޝަލް އޮފިސަރ ތިއެރީ އެންޓިނޯރީއެވެ. އެމްއެމްޕީއާރްސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ޠައްޔިބް މުހައްމަދެވެ.

View post on Twitter

މިއެއްބަސްވުމާ ގުޅޭގޮތުން ދައުލަތުގެ މީޑީއާއަށް ދެއްވި އިންޓަވިއުއެއްގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ޠައްޔިބް މުޙައްމަދު ވިދާޅުވީ، ރާއްޖެ ދަތުރުކުރާ ބޮޑެތި އެއަރލައިންތަކާއެކު ގުޅިގެން މަސައްކަތްކުރުމަކީ އެމްއެމްޕީއާރުސީން އަބަދުވެސް ކުރާ މަސައްކަތެއްކަމަށެވެ. އެގޮތުން މިދިޔައަހަރުވެސް ޤަތަރު އެއަރވޭސްއާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިފަހަރުގެ އެއްބަސްވުމާއިއެކު މިމަސައްކަތް އަލުން ފަށައިގަނެވި ކުރިއަށްދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ޤަތަރު އެއަރވޭސްއާ ގުޅިގެން ރާއްޖެ އިސްތިހާރު ކުރުމަށް މުހިންމު ހަރަކާތްތަކެއް ރޭވިފައިވާކަން ޠައްޔިބް ފާހަގަ ކުރެއްވިއެވެ.

ޤަތަރުއެއަރވޭސްއަކީ ރާއްޖެއަށް ދަތުރުކުރާ ބޮޑެތި އެއަރލައިންތަކުގެ ތެރެއިން އެންމެ ގިނަދުވަހު ދަތުރުކުރަމުން އަންނަ އެއް އެއަރލައިނެވެ. ޤަތަރުއެއަރވޭސްއިން ރާއްޖެއަށް ދަތުރުކުރާތާ މިދިޔަ އަހަރުގެ ޑިސެމްބަރަށް 20 އަހަރު ވަނީ ފުރިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ