
މާމެންދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް
# އެމްއެންޑީއެފް# ގއ.މާމެންދޫ# އަލިފާނުގެ ހާދިސާScreenshot 2022-05-10 at 12.08.32
ގއ. މާމެންދޫގެ ގެއެއްގައި ރޭ ދަންވަރުގެ ވަގުތެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި، އެގެއާއި ގޭގައި ހުރި މުދާތައް ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވެއްޖެއެެވެ.

މާމެންދޫ ކައުންސިލްގެ ރައީސް، އަހްމަދު އަޒީޒް "ގާފު އޮންލައިން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެރަށު ލޯންގްލައިފް ގޭގައި، ރޭ ދަންވަރު 1:30 އެހާކަންހާއިރު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި، އެގޭގައި ރޯވި އަލިފާންގަނޑު ނިއްވާލީ އެރަށު ރައްޔިތުން ކުރި މަސައްކަތުން ދެގަޑިއެއްހާއިރުން ކަމަށެވެ.
އަހްމަދު އަޒީޒް އިތުރަށް ވިދާޅުވީ، ކުޑަ އާއިލާއެއް ދިރިއުޅުނު އެގެ އެއްކޮށް އަނދައި މުދާތައްވެސް ބޭނުންނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާ ހިނގިއިރު އެގޭގެ ވެރިފަރާތް ކަމަށްވާ ދޮށީއުމުރުގެ ދެމަފިރިން ތިބީ ބޭސްފަރުވާއަށް މާލެ ގޮސް ކަމަށާއި، ރޯވި އިިރު ގޭގައި ހަތަރު މީހުން ދިރިއުޅޭ ކަމަށެވެ. އެއީ އެ ދެމަފިރިންގެ ހުންނަ ދެ ކުދިން ކަމަށްވާ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެއް ކޮޓަރީގައި އުޅެނީ އަންހެން ކުއްޖާ އާއި އޭނާގެ ފިރިމީހާ އަދި ތިން އަހަރުގެ ދަރިފުޅެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައި ނުވާއިރު، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވެއެވެ.
ގުޅުންހުރި

އޮޔާދާ ސްރީލަންކާގެ މަސްބޯޓަށް ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

ސްރީލަންކާގެ މަސްބޯޓެއް އިންޖީނު ހުއްޓި ހިތަދޫ ކޯއްޓޭއާ ދިމާލަށް އޮޔާ ދަނީ!

އެމްއެންޑީއެފާއި އިންޑިއަން ނޭވީ ގުޅިގެން ޑިޒާސްޓަރ ރިލީފް އެކްސަސައިޒެއް ކުރިއަށް ގެންގޮސްފި
