
ހުޅުމާލެ
ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ)އިން ހުޅުމާލޭގައި ގާއިމުކުރާ "އެސްއެމްއީ ޕާކް" އަޅައިދޭނެ ބަޔަކު ހޯދަން އަލުން ހުޅުވާލައިފިއެވެ.

އެ ޕާކު އަޅަން އަލުން ހުޅުވާލީ ފުރަތަމަ އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިއުލާނަށް ފުރިހަމަ ތަރުހީބެއް ނުލިބުމުގެ ސަބަބުންނެވެ. އެ އިއުލާން ފުރަތަމަ ކުރީ މިދިޔަ މަހުގެ ތެރޭގައެވެ. އެ އިއުލާނު ބާތިލްކޮށް އަލުން ކުރި އިއުލާނުގައި ވާ ގޮތުން، އަންދާސީ ހިސާބު ހުށައެޅުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ މަހުގެ 12 އެވެ. އަދި މައުލޫމާތު ސާފުކުރަން ޖެހެނީ މިމަހުގެ 16 ގައެވެ.
ހުޅުމާލޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 5،000 އަކަފޫޓުގެ "އެސްއެމްއީ" ޕާކުގައި މޭކާ ސްޕޭސްތަކާއި، ހެޔޮ އަގެއްގައި ލިބޭނޭ ސްޓޯރޭޖް ޔުނިޓުތަކުގެ އިތުރުން ދިވެހިންގެ އުފެއްދުންތައް ރަނގަޅު ފެންވަރެއްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މާކެޓުތަކަށް ނެރުމަށްޓަކައި، ޕެކޭޖިން ފެސިލިޓީއެއް ގާއިމް ކުރެވިގެންދާނެ ކަމަށް ބީސީސީން ބުނެފައިވެ އެވެ.
މިގޮތުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުން އުފައްދާ ތަކެތިން، 'ވެލިއު އެޑެޑް' އުފެއްދުންތައް އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބީސީސީން ބުންޏެވެ.
ގުޅުންހުރި

ފޯރިގަދަ އީދަކަށް ހުޅުމާލެވެސް ތައްޔާރު: އީދު ވެދުމާ ދިޔުމާއި އީދު ހުޅު ރޯކުރުން މިރޭ!

ހުޅުމާލޭގެ ރަމްޒަކަށް 100 މީޓަރުގެ އައިކޯނިކް ޓަވަރެއް އަޅަނީ

ހުޅުމާލޭގެ އައު މާސްޓަރޕްލޭނަކީ ދުރުރާސްތާއަށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ޔަޤީންކުރެވޭނެ މާސްޓަރޕްލޭނެއް
