logoEN
Sto top
ހިޔާ ފްލެޓުގެ ދެ ޓަވަރެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށްފި

ހިޔާ ފްލެޓުގެ ދެ ޓަވަރެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށްފި

އަހުމަދު ޝުރާއު

logo

5/9/2022, 8:04:09 PM

# ހިޔާ ފްލެޓް

hiy tower

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްގެ ދެ ޓަވަރެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް އޮޕަރޭޝަނަށް ގެނެސްފި އެވެ.

Wamco

ހިޔާ ފްލެޓްތަށް މެނޭޖްކުރާ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މިއަދު ބުނީ ހިޔާ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ ސީސީޓީވީ ކެމެރާ ޕްރޮޖެކްޓްގެ ތެރެއިން ދެ ޓަވަރެއްގައި ކެމެރާ ހަރުކޮށް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށެވެ.

View post on Twitter

މިގޮތުން ކެމެރާ ހަރުކޮށް އޮޕަރޭޝަނަށް ގެނެސްފައިވަނީ ހިޔާ ޓަވަރު 13 އަދި 14 ގައި އެވެ.

5000 މީހުންގެ އާބާދީއެއް މިހާރުވެސް ދިރިއުޅެމުން އަންނަ ހިޔާ ފްލެޓް ސަރަހައްދުގައި އެޗްޑީސީން ސީސީޓީވީ ކެމެރާ ހަރުކުރަން ފަށާފައިވާއިރު އެ ސަރަހައްދުގައި އެކި ބާވަތްތަކުގެ ކުށްތައް ކުރުން ވަނީ ގިނަވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside