logoEN
Sto top
މަސްތުވާތަކެއްޗާއި ބައި ލައްކަ ރުފިޔާއާއެކު ހިޔާ ފްލެޓުން ފަސް މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ބައި ލައްކަ ރުފިޔާއާއެކު ހިޔާ ފްލެޓުން ފަސް މީހަކު ހައްޔަރުކޮށްފި

އަލްފާ އަލީ

logo

4/30/2022, 1:54:55 PM

# މަސްތުވާތަކެތި# ހިޔާ ފްލެޓް

ހިޔާ| hiyaa

ހިޔާ ފްލެޓަކުން މަސްތުވާތަކެއްޗާއި ބައި ލައްކަ ރުފިޔާއާއެކު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

Wamco

މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 19 އަހަރާއި 26 އަހަރާއި ދެމެދުގެ މީހުންނެވެ. އެމީހުންގެ ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެތިި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ.

އެ ފްލެޓުން ހައްޔަރުކޮށްފައިވާ ފަސް މީހުންނަކީ:

އިބްރާހީމް ޝަވީނު، 24، ފިނޮޅު/ ސ. ފޭދޫ

ހިސާމް ނަސީރު،19، ކަޅިރަވަ/ސ. ފޭދޫ

އަހުމަދު ޝުއާއު، 24، ދިރިމާގެ/ ސ. ފޭދު

އަހުމަދު ލޫތު ނައީމް، 21، ގުމްރީގެ/ ސ. ފޭދޫ

މުހައްމަދު މާއިލް، 26 ގަލަދުންގެ/ ސ. މަރަދޫފޭދޫ

މި މައްސަލާގައި ފުލުހުން ވަނީ ކޯޓަށް ހެކި ހުށައަޅާފައެވެ. ފުލުހުން ހެކީގެ ގޮތުގައި ހުށައަޅާފައިވާ ތަކެތީގެ ތެރޭގައި އެ ފްލެޓްގެ ސިޓިންރޫމްގައި ހުރި ޓީވީ ރެކުގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެތި ހުރި ހަ ރަބަރު ޕެކެޓާއި، ސޯފާއާއި، އެ އެޕާޓްމަންޓްގެ ދެ ކޮޓަރި ބަލައި ފާސްކުރުމުން ހާމަކަން ބޮޑު ގޮތެއްގައިގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

އެ އެޕާޓްމަންޓް ބަލައި ފާސްކުރުމުން 50،300 ރުފިޔާ ފެނިފައިވާއިރު މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންވާ އާލާތްތައްވެސް ފެނުނުކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކޮށް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާހޯދާފައިވާ މީހަކުވެސް ހިމެނެއެވެ. މި މައްސަލާގައި ހައްޔަރުކުރި ބައެއް މީހުން ވަނީ މަސްތުވާތަކެތި ބޭނުންކުރާކަމަށް އެއްބަސްވެފައެވެ.

ހިޔާ ފްލެޓުގެ ސިޑި މަތީގަ މަސްތުވާތަކެތި ބޭނުންކުރާކަމުގެ މައްސަލަތައް ވަނީ ގިނަވެފައިވީ ނަމަވެސް މިއީ ހިޔާ ފްލެޓަކުން މަސްތުވާތަކެތީގެ މައްސަލައެއްގައި ބަޔަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside