
raes
ފިތުރު އީދު ފާހަގަކުރެއްވުމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މާފުއްޓަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހްއާއި އަނބިކަބަލުން ފަޒްނާ މާފުއްޓަށް ވަޑައިގެންނެވީ މިއަދުގެ މެންދުރުގެ ވަގުތުގައެވެ.
މާފުށިން ރައީސްގެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އެގޮތުން އެރަށަށް އީދު ފާހަގަކުރުމަށް ގޮސްތިބި މީހުންނާއި އެރަށު ގިނަ ރައްޔިތުންތަކެއް ވަނީ ރައީސްގެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި އީދުގެ ތަހުނިޔާވެސް ދަންނަވާފައެވެ.
އީދު ފާހަގަކުރުމަށް އެރަށުގައި މިއަދާއި މިރޭ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ހާއްސަ ހަވީރަކާއި ހާއްސަ މިއުޒިކް ޝޯއެއްވެސް ހިމެނެއެވެ. މި ހަރަކާތްތަކުގައި ރައީސްގެ ދަކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
އީދު ފާހަގަކުރުމަށް މާލެ ސަރަހައްދުގައި ތިބި ގިނަ ބަޔަކު މިފަހަރު ވަނީ މާފުއްޓަށް ޒިޔާރާތްކޮށްފައެވެ.