logoEN
cocacola
އަރަބި މާކެޓުގައި ރާއްޖެ އިސްތިހާރުކުރަނީ

އަރަބި މާކެޓުގައި ރާއްޖެ އިސްތިހާރުކުރަނީ

އަހުމަދު ޝުރާއު

logo

5/2/2022, 11:03:37 AM

# އެމްއެމްޕީއާރުސީ

haya

އަރަބި ޤައުމުތަކުގައި މަޝްހޫރު ހަޔާ މެގަޒިންއާ ގުޅިގެން އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށައިފިއެވެ.

ގޮސިޔާ

އެމްއެމްޕީއާރުސީން މައުލޫމާތު ދޭގޮތުގައި މި ކެމްޕެއިންގެ އަމާޒަކީ މެދުއިރުމަތީގެ މުއްސަދި ފަތުރުވެރިންނަށް ރާއްޖެއިން ލިބެން ހުންނަ ޚިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

މި ކެމްޕެއިންގެ ދަށުން ހަޔާ މެގަޒިންއިން އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ. އެގޮތުން ރާއްޖެއަށް ޚާއްސަ މައިކްރޯސައިޓެއް ހަދާ 3 މަސް ދުވަހު ލައިވް ކުރާނެއެވެ. އަދި އިން ހައުސް ބެނާ އާއި ތަފާތު ކޮންޓެންޓު ހަޔާ މެގަޒިންއިން އުފައްދާނެއެވެ. މީގެއިތުރުން ހަޔާ މެގަޒިނުން ރާއްޖެއާ ބެހޭ 15 ލިޔުމެއް ޝާއިރުކުރާނެއެވެ.

ހަޔާ މެގަޒިންއަކީ މެދުއިރުމަތީގެ ޤައުމުތަކުގެ ފެޝަން، ބިޔުޓީ އަދި ލައިފް ސްޓައިލަށް އަމާޒްކޮށް ނެރޭ މެގަޒިންއެކެވެ. މި މެގަޒިންގެ ޕްރިންޓް މީޑިއާ، އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިމެނެއެވެ. ހަޔާ މެގަޒިން 2.5 މިލިއަނަށްވުރެ ގިނަ ކިޔުންތެރިންނަށް ފޯރައެވެ. މި މެގަޒިން ފަރުމާކޮށްފައިވަނީ އަރަބި އަންހެނުންނަށް ޚާއްސަކޮށް ބޭނުންވާ މައުލޫމާތާއި، ހައި- ކޮލިޓީ ކޮންޓެންޓުގެ އިތުރުން ލައިފްސްޓައިލް އެކްސްޕީރިއެންސްތައް ހިމަނައިގެންނެވެ.

މިދިޔަ އަހަރު މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް 91413 ފަތުރުވެރިން އައިސްފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ