logoEN
cocacola
ރާއްޖެ އިސްތިހާރުކުރުމަށް އިންޑިއާގެ ސެލިބްރިޓީންތަކެއް ރާއްޖޭއަށް ޒިޔާރަތްކޮށްފި

ރާއްޖެ އިސްތިހާރުކުރުމަށް އިންޑިއާގެ ސެލިބްރިޓީންތަކެއް ރާއްޖޭއަށް ޒިޔާރަތްކޮށްފި

އަހުމަދު ޝުރާއު

logo

5/2/2022, 10:30:25 AM

# އެމްއެމްޕީއާރުސީ

sdmxydrs-large

ރާއްޖެ އިސްތިހާރުކުރުމަށް އިންޑިޔާގެ މަޝްހޫރު އިންފްލުއެންސާ އަދި ސެލެބްރިޓީ ޓީމެއް ރާއްޖެ ޒިޔާރަތްކޮށްފި އެވެ.

ގޮސިޔާ

އެމްއެމްޕީއާރްސީއިން ބުނީ ދިވެހިރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ މަގުބޫލު އެއް މަންޒިލްގެ ގޮތުގައި އިންޑިޔާ މާކެޓުގައި އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (ވިޒިޓް މޯލްޑިވްސް) ގެ ދައުވަތަކަށް އިންޑިޔާގާ ނަން މަޝްހޫރު އިންފްލުއެންސާސް އަދި އެކްޓަރުން ހިމެނޭ ޓީމެއް ދިވެހިރާއްޖެއަށް ފެމިލިއަރައިޒޭޝަން ދަތުރެއް ރާއްޖެއަށް މިދިޔަ މަހު ކޮށްފައިވާ ކަމަށެވެ.

މިގޮތުން މި ފެމިލިއަރައިޒޭޝަން ދަތުރު ކުރިއަށްގެންގޮސްފައިވަނީ އޭޕްރިލް މަހުގެ 7 އަކުން ފެށިގެން 11 ގެ ނިޔަލަށެވެ.

މި ޚާއްސަ ޓީމުގައި އިންޑިޔާގެ މަޝްހޫރު އަޝީ ކަންނާއާއި، ޝްރޫތީ ސިންހާއާއި، މެހަކް ގައި އާއި، އާޝްނާ މަލާނީ ވެސް ބައިވެރިވިއެވެ.

މި ޓީމު ރާއްޖޭގައި ތިބީ ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ އަދި ލެމެރިޑިއަން ރިސޯޓް އެންޑް ސްޕާ ގައެވެ. އަދި މި ޓީމުން ކޮށްފައިވާ ތަޖުރިބާތަކުގެ ތެރޭގައި ސްނޯކްލްކުރުމާއި، ސްޕާ އަދި ވެލްނަސް ފެސިލިޓީތަކާއި ވޯޓާ ސްޕޯޓްސްގެ އިތުރުން ރާއްޖެއަށް ހާއްސަ އެކި ތަޖުރިބާތައް ހިމެނިފައި ވެއެވެ.

މީގެ އިތުރުން، މި ރިސޯޓުތަކުން ލިބެން ހުންނަ އެކި ގައުމުތަކުގެ ކެއުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް މި ޓީމަށް ވަނީ ލިބިފައެވެ. މި ދަތުރުގައި މި ޓީމުން ކުރާ ތަޖުރިބާތައް ޓީމުގެ މެންބަރުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕޯސްޓްކުރަމުން ގެންދާނެއެވެ. ލަފާ ކުރެވޭގޮތުގައި މި ޓީމުން ޕަބްލިޝްކުރާ ޕޯސްޓްތައް 5.7 މިލިޔަން މީހުންނަށް ފޯރާނެއެވެ.

މި ދަތަރުގެ މައުލޫމާތު ޙިއްސާ ކުރުމަށްޓަކައި އިންޑިއާގެ މުމްބާއީގެ ދި ވެސްޓިން ގާރޑްން ސިޓީގައި އޭޕްރިލް 6 ވަނަ ދުވަހު މީޑިއާ އެނައުންސްމެންޓް އިވެންޓެއްވެސް ވަނީ ބާއްވާފައެވެ.

އިންޑިޔާ މާކެޓަކީ މިދިޔައަހަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ ކާމިޔާބު މާކެޓެވެ. ވިޒިޓް މޯލްޑިވްސްއިން މިދިޔައަހަރު އިޝްތިހާރުކުރުމުގެ 27 ހަރަކާތް މި މާކެޓަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔައެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް މާކެޓިންގް ކެމްޕެއިންތަކާއި, ވެބިނާ އަދި ރޯޑްޝޯތަކުގެ އިތުރުން މި މާކެޓުގައި ބޭއްވި ބޮޑެތި ފެއާ ތަކުގައި ބައިވެރިވުންވެސް ހިމެނެއެވެ.

މި އަހަރުވެސް ވަނީ ގިނަ ހަރަކާތްތަކެއް މި މާކެޓްގައި ބޭއްވުމަށް ރާވާފައެވެ. މި އަހަރުގެ 30 މާރިޗްގެ ނިޔަލަށް 427,577 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން 46,154 ފަތުރުވެރިން ޒިޔާރަތްކޮށްފަ ވަނީ އިންޑިޔާ މާކެޓުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ