logoEN
cocacola
ފެނަކައިގެ ޙިދުމަތްދެމުންގެންދާ ހުރިހާ ރަށެއްގައި ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކޮށްފި

ފެނަކައިގެ ޙިދުމަތްދެމުންގެންދާ ހުރިހާ ރަށެއްގައި ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކޮށްފި

އަހުމަދު ޝުރާއު

logo

5/1/2022, 5:57:20 PM

# ފެނަކަ

44AF2A50-6692-43BB-ABD7-814A211E54CC

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފެނަކައިގެ ހިދުމަތްތަށް ދެމެގެންދާ ހުރިހާ ރަށެއްގައި ފާހަގަކޮށްފި އެވެ.

ގޮސިޔާ

އެކުންފުނިން ބުނީ މިއަދު ހެނދުނުން ފެށިގެން މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަށް އެކުންފުނީގެ ބްރާންޗް ތަކުގައި ކުރިޔަށް ދާކަމަށާއި މިރޭގެ ނިޔަލަށް ހަރަކާތްތަށް ކުރިޔަށް ދާނެ ކަމަށެވެ.

މިގޮތުން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ރަށްރަށުގެ ހުންނަ ފެނަކަ އޮފީސް އަދި އިންޖީނުގެ ސާފު ކުރުމުގެ އިތުރުން ގޮނޑުދޮށް ތަކާއި އާންމުން އެއްވެ އުޅޭ ސަރަހައްދުތަށް ސާފް ކުރުމުގެ މަސައްކަތް ކުންފުނީގެ މުވައްޒަފުން ދަނީ ކުރަމުންނެވެ. އަދި ބައެއް ރަށްރަށުގައި މި ދުވަހާ ގުޅުވައިގެން ގޭބިސީ ތަކަށް ޒިޔާރަތް ކޮށް ގޭބިސީތަށް ސާފްކޮށް އަމަލީގޮތުން ބަޔެއް މަސައްކަތުގައި ވެސް ވަނީ ބައިވެރިވެފައިވައެވެ.

ހަމައެއާއި އެކު ރަށްރަށުގެ އެކި ސަރަހައްދު ތަކުގައި ގަސްއިންދުމުގެ މަސައްކަތް ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މި ދުވަހާ ގުޅުވައިގެން ބައެއް ބްރާންޗުތަކުގައި ވަނީ އެބްރާންޗުތަކުގައި އެންމެ ދުވަސްވީ މަސައްކަތްތެރިންގެ އަގު ވަޒަންކޮށް އެ ފަރާތަކަށް ހަދިޔާ ހަވާލުކޮށްފައެވެ. މުވައްޒަފުންގެ މެދުގައި ހަދިޔާ ބެހުމާއި އެކު އެކީގައި ރޯދަ ވީއްލުންތަށްވެސް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

އެކުންފުނިން ބުނި ގޮތުގައި އެ ކުންފުންނީގައި މަސައްކަތް ކުރާ 5000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި އިރު ކޮންމެ މުވައްޒަފަކީވެސް ދުޅަހެކަންމަތީ ތިބެ ސާފްތާހިރު މާހައުލެއްގައި މަސައްކަތުގެ ވަގުތު ހިންހަމަ ޖެހުމާއެކު ހޭދަކުރާ މުވައްޒަފުންތަކަކަށް ހެދުމަކީ ކުންފުނީގެ ވަރަށްބޮޑު އަމާޒެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ