logoEN
Sto top
އިންޑިއާގެ ހިލޭ އެހީ ލިބުނު މަޝްރޫއުތަކުގެ ތެރޭގައި ގެމަނަފުށީގައި ޔޫތު ސެންޓަރެއް ގާއިމުކުރުން ހިމެނޭ!

އިންޑިއާގެ ހިލޭ އެހީ ލިބުނު މަޝްރޫއުތަކުގެ ތެރޭގައި ގެމަނަފުށީގައި ޔޫތު ސެންޓަރެއް ގާއިމުކުރުން ހިމެނޭ!

އަހުމަދު ޝުރާއު

logo

4/19/2022, 12:20:31 AM

# ގއ. ގެމަނަފުށީ

gemanafushi

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހިންގާ ހަތް މަޝްރޫޢުއެއްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު އެމަޝްރޫއު ތަކުގެ ތެރޭގައި ހުވަދު އަތޮޅުގައި ހިންގާ މަޝްރޫއެއްވެސް ހިމެނެއެވެ.

Wamco

މިގޮތުން މިއަދު ސޮއި ކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ހުވަދު އަތޮޅުގެ މަޝްރޫއަކީ ގއ އަތޮޅު ގެމަނަފުށީގައި ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ޔޫތް ސެންޓަރު ޤާއިމްކުރުމުގެ މަޝްރޫއުއެވެ. އެހެންކަމުން މި މަޝްރޫއަަށް ފަންޑް ޔަޤީން ކުރެވިފައިވުމާއި އެކު މާލަސްތަކެއް ނުވެ މި މަޝްރޫއުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ޔޫތް މިނިސްޓްރީއިން ބުނެއެވެ.

މިއަދު ސޮއިކުރެވުނު އިތުރު އެއްބަސްވުންތަކުގައި ހިމެނޭ މަޝްރޫޢުތައް:

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ފަރުވާދޭ ޔުނިޓެއް ގާއިމުކުރުން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ދޭން ފެށުން

ހުޅުމާލޭ ހޮސްޕިޓަލުގައި ކަށީގެ ފަރުވާގެ ޙިދުމަތް ދިނުން

އދ. ދިގުރަށުގައި ޔޫތު ސެންޓަރެއް ގާއިމުކުރުން

ނ.މަނަދޫގައި ކުޅިވަރު އެކުވެންޏެއް ގާއިމުކުރުން

ނ.ލަންދޫ މާބުދުގެ އަދި ތ.ދިޔަމިގިލީ ގަނޑުވަރު މަރާމާތުކުރުން

މި މަޝްރޫއުތަކަކީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމްގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކެކެވެ. މީގެ ކުރިން ވެސް އިންޑިއާ އިން މަޝްރޫއުތަކަށް އެހީ ފޯރުކޮށްދީފައިވާ އިރު، ގިނައިން ފާހަގަކޮށްލެވެނީ ރަށްރަށުގެ ތަރައްގީއަށް ދޭ އެހީއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside