logoEN
Sto top
ގެމަނަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ގެމަނަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

5/15/2025, 7:01:02 AM

# ގއ. ގެމަނަފުށީ

--

ގއ. ގެމަނަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފިއެވެ.

Wamco

ފުލުހުން މިއަދު ބުނީ ގެމަނަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި މެއި މަހުގެ 14 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ގެމަނަފުށި ބަނދަރާ ލޯންޗު ގާތްކުރުމުން އެ ލޯންޗު ބަލައި ފާސްކުރިއިރު ލޯންޗުގައިހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށެވެ.

. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 28 ގުރާމެވެ.

ލޯންޗު ދުއްވި ގއ. ގެމަނަފުށި / ބަނަފުސާގެ، ޙަސަން ޝުޖާއު (45އ) މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC