
39D1741F-98BA-41DC-A060-8004F8CE8B29
ގއ ކޫއްޑޫގައި ހުންނަ މިފްކޯގެ ބަނދަރުގައި 63 ދޯންޏެއް މަސްކިރުމަށް ކިއުގައި އޮތް ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓާ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

ފައުޒީ ވިދާޅުވީ މަސްކިރުވަން ކޫއްޑޫ ބަނދަރުގައި 63 ދޯންޏެއް 900 ޓަނު މަހާ އެކު އެބަ އޮތް ކަމަށާއި ހުރިހާ ދޯންޏަކުން މަސް ކިރުވައި ނިމޭނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ. އެގޮތުން މަސްކިރުމުގެ ކަންކަން ކުރިޔަށް ގެންދަނީ ކޮންމެ ދުވަހަކު ވެސް މިފްކޯގެ ލިމިޓް ހަމަވަންދެން މަސްވެރިން އަތުން މަސް ކިރުވާ ގޮތަށެވެ.
ފައުޒީ އިތުރަށް ވިދާޅުވީ މަސްކިރަމުން މިހާރު ދަނީ މިވަގުތު ކިއުގައި ތިބި 63 ދޯނިން ކަމަށާއި އެއްކޮށް ކިއު ކްލިއާ ކުރެވެންދެން ކިއު ނަމްބަރު ދޫނުކުރާނެ ކަމަށެވެ.
މިވަގުތު މިފްކޯގެ ފްރީޒިން ކެޕޭސިޓީ އަކީ 480 ޓަނެވެ.
ކޫއްޑޫގައި މަސް ކިރުމުގައި ކޮންމެ ދޯންޏަކަށް ފަސް ޓަނުގެ ލިމިޓެއް ކަނޑައެޅުމާ ގުޅިގެން ގިނަ އަދަދެއްގެ މަސްވެރިން ވަނީ އިއްޔެ އެރަށުގެ ބަނދރުގައި ހިތްހަމަނުޖެހުން ފާޅުކޮށް ހަޅުތާލުކޮށްފަ އެވެ. އަދި އެކަން ކޮންޓްރޯލް ކުރުމަށް ފުލުހުންވެސް ވަނީ އެރަށަށް ގޮސްފައެވެ.
މިއާއި އެކު ހައްލެއް ހޯދަން މަސްވެރިންނާއި މިފްކޯގެ މެނޭޖްމެންޓާ އެކު މަޝްވަރާކުރުމަށް ފަހު އިއްޔެ މެންދުރު ފަހު ވަނީ މަސްވެރިން ބޭނުންވި ގޮތަށް ކިޔުގައި ޖެހޭ ކޮންމެ ދޯންޏެއްގެ ހުރިހާ މަހެއް ކިރަން އެއްބަސްވެފަ އެވެ. އަދި އެކަން ސަރުކާރުން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.
މިފްކޯއިން އަންނަނީ އެކުންފުނީގެ ފްރީޒިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ގުޅުންހުރި

ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް އެންސީއެސް އަދި މިފްކޯ އިން މަޝްވަރާކޮއްފި
.webp&w=3840&q=75)
އަންގާރަ ދުވަހުން ފެށިގެން ސަރުކާރުން ހަދިޔާކުރާ މަސްކޭސް މާލޭގައި ދޫކުރާނީ މިފްކޯގެ މަސްފިހާރަތަކުން!

މިފްކޯގެ އައު ސީއީއޯއަކަށް ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު
