logoEN
cocacola
އުރީދޫން ހަދިޔާކުރާ ފުރަތަމަ ހެލްތުކިޓު ހޯނޑެއްދޫއަށް

އުރީދޫން ހަދިޔާކުރާ ފުރަތަމަ ހެލްތުކިޓު ހޯނޑެއްދޫއަށް

އައިޝަތު އިފާޝާ

logo

4/12/2022, 7:36:20 PM

# ހެލްތު ކިޓް# އުރީދޫ

FQIAOyFaQAU1k5C-850x548

ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓު ކުރުމުގެ ގޮތުން އުރީދޫން ފުރަތަމަ ހެލްތު ކިޓް ގދ. ހޯނޑެއްދޫ ސިއްހީ މަރުކަޒަށް މިއަދު ހަދިޔާ ކޮށްފިއެވެ.

ގޮސިޔާ

މިއީ ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްހީ ދާއިރާ ބިނާ ކުރުމުގައި އުރީދޫގެ އެއްބާރުލުން ދިނުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށް އުރީދޫން ބުނެއެވެ.

މި ކިޓް ތައްޔާރު ކޮށްފައި ވަނީ ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރ، ޕަލްސް އޮކްސިމީޓަރ، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރ އަދި ނެބިއުލައިޒަރ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތައް ހިމެނޭ ގޮތަަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައިވާ 167 ހެލްތް ސެންޓަރު އަދި ހެލްތް ޕޯސްޓް ތަަކަށް މި ކިޓްތައް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި، ރެކްރިއޭޝަނަލް ކްލަބްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސަރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމަޢު އަހުލުވެރިކުރުވުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ