logoEN
cocacola
50،000 ރުފިޔާއަށްވުރެ މަތީ އަދަދުތަކަށް ޗެކުން ފައިސާ ނުނެގޭ ގޮތް ހަދަނީ

50،000 ރުފިޔާއަށްވުރެ މަތީ އަދަދުތަކަށް ޗެކުން ފައިސާ ނުނެގޭ ގޮތް ހަދަނީ

އައިޝަތު އިފާޝާ

logo

4/7/2022, 2:24:19 PM

# އެމްއެމްއޭ

FPutPUpVcAItfHV (1)

ޗެކް ބޭނުންކުރުން މަދު ކުރުމަށްޓަކައި ޗެކުން ފައިސާ ނެގޭ އެންމެ މަތީ އަގެއް ކަނޑައަޅަން އެމްއެމްއޭ އިން ނިންމައިފި އެވެ.

ގޮސިޔާ

އެމްއެމްއޭ އިން ބުނީ، ދިވެހިރާއްޖޭގައި ޕޭމަންޓްގެ ޚިދުމަތް އަވަސް އަދި ލުއިފަސޭހަ ގޮތެއްގައި ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން، ނަގުދު ފައިސާ އާއި ޗެކު ބޭނުންކުރުން މަދުކޮށް ޑިޖިޓަލް ޕޭމަންޓް ޚިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުކުރުމަކީ އެ އޮތޯރިޓީއިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

އެގޮތުން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގައި ޕޭމަންޓް މުޢާމަލާތްތައް ކުރުމަށް ޗެކު ބޭނުންކުރުން ވީހާވެސް މަދުކުރުމުގެ މަޤުޞަދުގައި އެމްއެމްއޭ އާއި ބޭންކްތަކާ ގުޅިގެން 2021 ވަނަ އަހަރު ތެރޭގައި އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ. ދެ އަހަރުގެ މުއްދަތަކަށް އެކުލަވާލެވިފައިވާ މި އެކްޝަން ޕްލޭން ތަންފީޛު ކުރުމުގެ އަމަލީ މަސައްކަތް، ބޭންކުތަކާއި ގުޅިގެން މި އަހަރުގެ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މި އެކްޝަން ޕްލޭންގެ ދަށުން އެކި މަރުހަލާ ތަކަށް ބަހާލެވިގެން އަޅަން ނިންމާފައިވާ ފިޔަވަޅުތައް:

2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ އިން ފެށިގެން ދިވެހިރާއްޖޭގައި ޗެކު ބޭނުންކޮށްގެން މުޢާމަލާތްކުރެވޭނެ އެންމެ މަތީ ޢަދަދަކީ ދިވެހި ރުފިޔާއިން ނަމަ 50،000، އަދި ޔޫއެސް ޑޮލަރުން ނަމަ 3،000 ކަމުގައި ކަނޑައެޅުން.

އެމްއެމްއޭ އިން މިހާރު ދެމުންދާ ޗެކް ކްލިއަރިންގ ގެ ޚިދުމަތްދޭ ދުވަސްތައް، ދެ މަރުހަލާއަކަށް ބަހާލެވިގެން މަދުކުރުން.

2023 ވަނަ އަހަރު ގެ ދެވަނަ ކުއާޓަރ އިން ފެށިގެން ހަފްތާއަކު 2 ދުވަސް.

2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އިން ފެށިގެން ހަފްތާއަކު 1 ދުވަސް.

އޮޓޮމޭޓަޑް ކްލިއަރިންގ ހައުސް (އޭސީއެޗް) މެދުވެރިކޮށް، ދިވެހި ރުފިޔާއިން ޕްރޮސެސް ކުރަމުން އަންނަ ހުރިހާ އިންޓަބޭންކް އެކައުންޓް ޓްރާންސްފަރ މުޢާމަލާތްތައް، 2023 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރ އިން ފެށިގެން، އަލަށް ޤާއިމުކުރެވޭ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ކުރުން. މީގެ ސަބަބުން ބޭންކްތަކުގެ މެދުގައި ހަދާ ޓްރާންސެކްޝަންތަކުގެ ފައިސާ ވަގުތުން ވަގުތަށް އެކައުންޓަށް ޖަމާވެގެންދާނެއެވެ.

ޕޭމަންޓް ހެދުމަށް ޗެކު ބޭނުންކުރާ މިންވަރު މަދުކޮށް ޑިޖިޓަލް ވަޞީލަތްތައް ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން 2023 ވަނަ އަހަރުގެ ފަހު ކުއާޓަރ އިން ފެށިގެން ޗެކު ޕްރޮސެސްކުރުމަށް ފީ ތަޢާރަފްކުރުން.'

މީގެ އިތުރުންވެސް، ބޭންކުތަކުން އެފަރާތުގެ ކަސްޓަމަރުންނަށް (ވަކިވަކި ފަރުދުންނާއި ވިޔަފާރިތަށް ހިމެނޭގޮތުން) ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލް ވަޞީލަތްތައް މެދުވެރިކޮށް ފަސޭހަކާމައިއެކު ބޭނުން ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށާއި ޑިޖިޓަލް ވަޞީލަތްތައް ބޭނުންކުރުމަށް އެފަރާތުގެ ކަސްޓަމަރުން އަހުލުވެރި ކުރުވާ ހޭލުންތެރި ކުރުވުމަށް ވެސް ބޭންކުތަކަށް އަންގާފައިވާނެކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

ބޭންކުތަކާއި ގުޅިގެން މި އެކްޝަން ޕްލޭން މިދިޔަ އަހަރު އެކުލަވާލެވިފައިވާ އިރު، 2020 ވަނަ އަހަރު ހަމަ މި މަޤުޞަދުގައި ސަރުކާރުގެ އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބޭންކުތަކުން ޗެކު ބޭނުންކުރާ މިންވަރު މަދު ކުރުމަށް އެޅުނު ތަފާތު ފިޔަވަޅުތަކުގެ ސަބަބުންވެސް، އެދެވޭ ނަތީޖާތަކެއް ނެރެވިފައިވާކަމަށް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ