logoEN
cocacola
އުރީދޫ ރޯދަ ކުއިޒް ޚާއްސަ އިނާމްތަކަކާއި އެކު ފަށައިފި

އުރީދޫ ރޯދަ ކުއިޒް ޚާއްސަ އިނާމްތަކަކާއި އެކު ފަށައިފި

އަހުމަދު ޝުރާއު

logo

4/6/2022, 7:58:57 PM

# އުރީދޫ

img_md_202204060538311649248711.2163

ރަމަޟާން މަހާ ދިމާކޮށް އުރީދޫން ކުރިޔަށް ގެންދާ ޚާއްސަ ރޯދަ ކުއިޒް ފަށައިފިއެވެ.

ގޮސިޔާ

މި ކުއިޒްއަކީ ޕީސް ފައުންޑޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ ކުއިޒެކެވެ. މިގޮތުން މި ކުއިޒް ކުރިޔަށްގެންދަން ހަމަޖެހިފައިވަނީ އުރީދޫގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށެވެ.

އުރީދޫއިން ބުނީ ހަފްތާއެއްގެ ކޮންމެ ބުދަ ދުވަހަކު ސޯޝަލް މީޑިއާގައި ކުއިޒުގެ ސުވާލު ޕޯސްޓް ކުރާނެ ކަމަށެވެ.

ސުވާލާއެކު ޖަވާބުތައް ހިމެނޭ ތާވަލެއް އުރީދޫން ދޭނެއެވެ. އެ ތާވަލުގައި ހުރި ޖަވާބުތަކުގެ ތެރެއިން ރަނގަޅު ޖަވާބުތަކުގައި ބޮޅު އެޅުމަށް ފަހު "އުރީދޫ ރޯދަ ކުއިޒް" ހޭޝްޓެގް ޖެހުމަށްފަހު ކޮންމެ ރެއެއްގެ 11:30 ގެ ކުރިން ސޯޝަލް މީޑިއާގައި ޖަވާބުތައް ޕޯސްޓްކުރަން ޖެހޭނެއެވެ.

އެގޮތަށް ޖުމްލަ ހަތަރު ސުވާލު ޕޯސްޓްކުރާނެ ކަމަށާއި، ހަފްތާއަކު އެއްފަހަރު ނަގާ ގުރުއަތުލުމުގައި ހޮވޭ އެއް ނަސީބުވެރިއަކަށް ސެމްސަންގް ގެލެކްސީ ބަޑްސް ލައިވް އިއާބަޑްސް ލިބޭއިރު، އެންމެ ގިނަ ސުވާލުގެ ޖަވާބު ދިމާކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 13 ޕްރޯ އެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ