
އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022ގެ ޓްރޮފީ ޕާޓްނަރ އަކަށް އަސްކަނި!
# ދިރާގު# ޕްރިންޓެކް# ގާފު ސްޕޯޓްސް# ހަވަރު ސްޕޯޓްސް# ޔޫތު މިނިސްޓްރީ# ފެނަކަ ކޯޕަރޭޝަން# ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް# ގދ. ތިނަދޫ ކައުންސިލް# ގދ. ތިނަދޫ ޑަބްލިއުޑީސީ# އެވިއަރ# އެސްޓިއޯ# ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022# ގޯސިޔާ# އަކުއަ ޕެރެޑައިސް# ހުވަދޫ ސްވިމިންގް ކްލަބް# އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް# އިވެންޓްކާސްޓް# ގދ. އަތޮޅު ކައުންސިލް# ބެޑްމިންޓަން އެސޯސިއޭޝަންaskani
ހުވަދު އަތޮޅުގައި ބާއްވާ އެންމެ ބޮޑު ބެޑްމިންޓަން މުބާރާތް ކަމުގައިވާ "އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022″ގެ ޓްރޮފީ ޕާޓްނަރ އަކަށް އަސްކަނި ސްޕޯޓްސް ހަމަޖައްސައިފިއެވެ.

އެސްޓިއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ އެސޯސިއޭޓް ޕާޓްނަރ ކަމުގެ ދަށުން އަސްކަނި ސްޕޯޓްސް އިން ފޯރުކޮށްދޭނީ މުބާރާތުގެ އެއްވަނައަށް ދާ ޓީމްތަކުގެ ޓްރޮފީއެވެ.
ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ލޯންޗު ކުރެވި، ގާފު މީޑިއާ ގްރޫޕްގެ "ގާފު ސްޕޯޓްސް"ގެ ދަށުން ހިންގޭ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ.
މި މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުނަކީ ތިނަދޫ ޑަބްލިއުޑީސީއާއި ތިނަދޫ ކައުންސިލްގެ އިތުރުން، ގދ. އަތޮޅު ކައުންސިލް އެވެ. މުބާރާތުގެ އޮފިޝަލް ޕާޓްނަރ އަކީ ޔޫތް މިނިސްޓްރީ އެވެ. މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ގޯސިޔާ، ފެނަކަ ކޯޕަރޭޝަން އާއި ހަވަރު ސްޕޯޓްސް އަދި އަކުއަ ޕެރެޑައިސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިފައިވާއިރު، ޕްރިންޓެކް އަކީ ޕްރިންޓިންގ ޕާޓްނަރ އެވެ. އިވެންޓްކާސްޓަކީ ސްޓްރީމިންގ ޕާޓްނަރ އެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ ތިނަދޫ ސްޓޭޑިއަމްގެ އިތުރުން ހުވަދޫ ސްވިމިންގ ކްލަބާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އެވެ. ބެވަރޭޖް ޕާޓްނަރގެ ގޮތުގައި އެވިއަރ ހަމަޖައްސާފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދާއިރު ދިމާވެދާނެ ސިއްޙީ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ވަނީ އެމެޖެންސީ ސާވިސް ޕާޓްނަރަކަށް ހަމަޖައްސާފައެވެ.
އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ކުރިއަށްދާނީ ގދ. ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ އެންޑޯޒްމަންޓާއެކު ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ ރޭގަނޑު 21:00 އިން ފެށިގެންނެވެ.