logoEN
Sto top
ރެނޭ އަށް 2.9 މިލިއަން ރުފިޔާ ދައްކަން ފީފާ އިން އަންގައިފި

ރެނޭ އަށް 2.9 މިލިއަން ރުފިޔާ ދައްކަން ފީފާ އިން އަންގައިފި

އައިޝަތު އިފާޝާ

logo

4/3/2022, 2:39:46 PM

# ކުޅިވަރު# ފީފާ

big_wZjux9EXWxOaQu8S7HZQ5AIUR

ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ނެދަލެންޑްސްގެ ރެނޭ ހިޑިންކް ކޮންޓްރެކްޓާ ހިލާފަށް ވަޒީފާ އިން ވަކިކޮށްފައިވާތީ އޭނާ އަށް ބަދަލެއްގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ދިނުމަށް ފީފާ ފުޓްބޯލް ޓްރައިބިއުނަލް އިން އެފްއޭއެމް އަށް އަންގައިފި އެވެ.

Wamco

އެފްއޭއެމް އިން ރެނޭ އާއެކު އެއްބަސްވުން ގާއިމްކުރީ މިދިޔަ އަހަރު ޖެނުއަރީމަހުގައި 3 އަހަރުގެ މުއްދަތަކަށެވެ. އޭގެ 3 މަސް ފަހުން ކޮވިޑްގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެ ވަޒީފާއިން ވަކި ކުރީކަމަށް ރެނޭގެ ޤާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ.

އެކަމާއި ގުޅިގެން އެއްބަސްވުމުގެ މުއްދަތުގައި ލިބެން ޖެހޭ ފައިސާ ހޯދަން ފީފާގައި އޭނާ މައްސަލަ ޖެއްސީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

މި މައްސަލާގައި ފީފާ ފުޓްބޯލް ޓްރައިބިއުނަލް އިން ވަނީ ތިން ކަމެއްގެ މައްޗަށް ބަލައި ރެނޭ އަށް ފައިސާ ދައްކަން އެފްއޭއެމަށް އަންގައިފަ އެވެ.

އެފްއޭއެމުން ރެނޭ އަށް ފައިސާ ދައްކަންޖެހޭ ގޮތް

ޖޫން 2021 ގެ ފަހު ހަފުތާގެ މުސާރައިގެ ގޮތުގައި 1,375 ޑޮލަރު

ޖުލައި 2021 އިން ޖެނުއަރީ 2024 ގެ މުސާރައިގެ ގޮތުގައި 170,500 ޑޮލަރު (ކޮންމެ މަހަކު މުސާރައިގެ ގޮތުގައި ދޭން ޖެހޭ 5،500 ޑޮލަރު 31 މަހަށް ބަހާލުމުން ޖުމުލަ އަދަދު)

ޕޮކެޓްމަނީގެ ގޮތުގައި 15,500 ޑޮލަރު (ޕޮކެޓް މަނީގެ ގޮތުގައި ދޭން ޖެހޭ 500 ޑޮލަރު 31 މަހަށް ބަހާލުމުން ޖުމުލަ އަދަދު)

ޖުމުލަ 187,375 ޑޮލަރު (2.9 މިލިއަން ރުފިޔާ)

އެފްއޭއެމުން އެންމެ ފުރަތަމަ ރެނޭ ރާއްޖެ ގެނައީ 2020 ވަނަ އަހަރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށެވެ. އޭރު އޭނާއާ އެކު ހެޑްކޯޗަކަށް ގެނައީ ނެދަލެންޑްސްގެ މާޓިން ކޫޕްމަން އެވެ. އެކަމަކު އެއް އަހަރުގެ ކޮންޓްރެކްޓް ހަމަވުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އޭނާ އަށް ތިން އަހަރުގެ ކޮންޓްރެކްޓެއް ދިނީ 23 އަހަރުން ދަށުގެ ޓީމުގެ ހެޑްކޯޗުގެ ގޮތުގަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC