
-
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ ވައިޑައިގެންފިއެވެ.

އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނު ގަތަރު އެއާވޭސްގެ ޕްރިވެޓް ޖެޓެއްގައި އެވެ. އޭނާ ރާއްޖެ ވަޑައިގެންނެވުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ނިސްޓަރ އޮފް ޓުވަރިޒަމް އެންޑް އެންވަރމެންޓް ޠާރިޤް އިބްރާހިމް އާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވިސްގެ ރައީސް އަޙްމަދު ޠާރިޤް އާއި ފީފާގެ ރީޖަނަލް އޮފީސްގެ ހެޑް ޕްރިންސް ރޫފަސްގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތަލާލްއެވެ.
ފީފާގެ ރައީސަށް އެއާޕޯޓުން މަރުހަބާ ކިޔުމަށް ރާއްޖޭގެ ފުޓްބޯޅަ އާއިލާގެ ގިނަ ބަޔަކު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖަމާވެފައި އެވެ.
އިންފަންޓީނޯގެ މި ދަތުރުފުޅަކީ އެފްއޭއެމްގެ ރައީސް ޠާރިޤްގެ ދައުވަތަކަށް ކުރައްވާ އެއްދުވަހު ދަތުރުފުޅެކެވެ. މިއީ ފާއިތުވެދިޔަ 19 އަހަރު ތެރޭގައި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނެވި ފުރަތަމަ ފަހަރެވެ.
މިދަތުރުފުޅު އިންފަންޓީނޯ ރާއްޖޭގެ ރައީސުލްުމްހޫރިއްޔާ ޑރ. މުހައްޙައްމަދު މުއިއްޒުއާއި ބައްދަލު ކުރައްވާނެއެވެ. އަދި ރާއްޖޭގެ ކުލަބުތަކުގެ ވެރިންނާވެސް ބައްދަލުކުރައްވާނެއެވެ.
މީގެ އިތުރުން މިއަދު ހަވީރު ޚާއްސަ އެގްސިބިޝަން މެޗެއްވެސް ކުޅުމަށް ވަނީ ހަމަޖެހިފައި އެވެ.







