logoEN
WAMCO TOP 1
ރޯދަމަހު މީރާ ހުޅުވާފައި ހުންނަ ގަޑިތައް އާއްމުކޮށްފި

ރޯދަމަހު މީރާ ހުޅުވާފައި ހުންނަ ގަޑިތައް އާއްމުކޮށްފި

އައިޝަތު އިފާޝާ

logo

3/28/2022, 4:59:18 PM

# މީރާ# މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ

MIRA

ކުރިއަށް އޮތް ރަމަޟާންމަހު މީރާގެ ޓެކްސްޕޭޔަރ ސެންޓަރުން ނަންބަރު ދޫކުރާ ގަޑިތައް އާއްމުކޮށްފި އެވެ.

THE TRAVELLER AD

މީރާ އިން މިއަދު އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު މީރާ ޓެކްސް ޕޭޔަރ ސާވިސް ސެންޓަރުން ޚިދުމަތް ދިނުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކަމަށެވެ.

ޚިދުމަތް ހޯދުމަށް ޓޯކަން ނަންބަރު މީރާ މޯބައިލް އެޕްލިކޭޝަނާއި، ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ނެގޭނެކަމަށް މީރާއިން ބުނެއެވެ.

ޓެކްސް ބަޔާންތައް ހުށަހެޅުމާއި ދައްކާ ޓެކުހާއި އެހެނިހެން ފައިސާ އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާކަމަށް ފާހަގަކޮށް މީރާއިން ވަނީ، އެ ޚިދުމަތަކީ ފަސޭހަކަމާއެކު ކޮންމެ ވަގުތެއްގައިވެސް ހޯދޭނެ ޚިދުމަތަކަށް ވާތީ އޮންލައިންކޮށް އެހިދުމަތް ހޯދުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC