
މީރާ
އެކި ފަރާތްތަކުން ދައުލަތައް ދައްކަންޖެހޭ ފައިސާ ހޯދުމުގެ ތެރެއިން، މީރާ އަށް ނުލިބިހުރި 2 ބިލިޔަން ރުފިޔާ ހޯދައިފި އެވެ.

މިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގަ އެވެ.
މީރާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފައިސާތައް ހޯދާފައިވާގޮތުގެ މައުލޫމާތު ކުއާޓަލީ ރިޕޯޓުގައި ހިމަނާފައިވެ އެވެ. އަދި މި ފައިސާތައް ހޯދާފައިވަނީ ޑަނިންގ ނުވަތަ އެކި ގޮތްގޮތުން މުއާމަލާތްކޮށްގެންނާއި، ޑިއުސް ކްލިއަރަންސްއިންނާ، ބޭންކް އެކައުންޓް ފްރީޒްކުރުމުގެ ޕޮލިސީގެ ދަށުންނާއި، ހަނދާންކޮށްދިނުމަށް ގުޅައިގެންނާއި މެއިލްކޮށްގެން އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ ތެެރެއިންނެވެ.
ފައިސާތައް ހޯދާފައިވާ ގޮތާއި އެކަމުގެ ތަފްސީލް
- ޑަނިންގް ނުވަތަ އެކި ގޮތްގޮތުން މުއާމަލާތްކޮށްގެން: 1.2 ބިލިޔަން ރުފިޔާ
- ޑިއުސް ކްލިއަރަންސް: 617 މިލިޔަން ރުފިޔާ
- ބޭންކް އެކައުންޓް ފްރީޒްކުރުމުގެ ޕޮލިސީގެ ދަށުން: 13.5 މިލިޔަން ރުފިޔާ
- ހަނދާންކޮށްދިނުމަށް ގުޅައިގެންނާއި މެއިލްކޮށްގެން: 151 މިލިޔަން ރުފިޔާ
- ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރަން: 13.1 މިލިޔަން ރުފިޔާ
ފުރަތަމަ ކުއާޓާގައި ޓެކްސް ބަޔާން ހުށަނާޅާ 10،701 ފަރާތްތައް ހިމެނޭކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ދައުލަތަށް ފައިސާ ދައްކަންޖެހި ނުދައްކާ ތިބި 5776 ފަރާތަކަށް އެކަން ހަނދާންކޮށްދީ ފައިނަލް ނޯޓިސް ހަވާލުކޮށްފައިވެ އެވެ.ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް މީރާއިން ވަނީ ލުއިގޮތްތަކެއް ހަމަޖައްސައިދީފަ އެވެ. އެގޮތުން ފައިސާ އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް 176 ފަރާތަކަށް ހަމަޖައްސާދީފައިވާއިރު، އެއީ ޖުމްލަ 256 މިލިޔަން ރުފިޔާގެ ޓެކްސް ފައިސާ ކަމަށް މީރާގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައިވެ އެވެ.
ގުޅުންހުރި

މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 2 ބިލިޔަން ރުފިޔާ ހޯދައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމް ހުސްވުމުން، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ %30 އިތުރުވެއްޖެ




