logoEN
cocacola
ދައުރުވާ ފޮޓޯގައި ފެންނަނީ ފުލުހުންގެ މެޑިކް ޓީމް މީހެއް: ފުލުހުން

ދައުރުވާ ފޮޓޯގައި ފެންނަނީ ފުލުހުންގެ މެޑިކް ޓީމް މީހެއް: ފުލުހުން

އަޙްމަދު ޖަމީލު

logo

3/26/2022, 4:19:48 PM

# ޕީޕީއެމް# ޕީއެންސީ# އިދިކޮޅު ކޯލިޝަން# އިންޑިއާ އައުޓް

fos68mtveacy4eb-1536x1025

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ބޭއްވި "ނޭވާހޮޅިއަށް" އެއްވުމުގައި ރީނދޫ ކުލައިގެ ގަމީހެއް ލައިގެން ހުރީ ފުލުހުންގެ ވަޒީފާގައި ސިއްހީ ހިދުމަތްދޭ ބަހާގައި މަސައްކަތް ކުރާ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

ގޮސިޔާ

ރީނދޫ ގަމީހެއް ލައިގެން ހުރި މީހަކު، އިއްޔެ މުޒާހަރާ ކުރި ސަރަަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ފެންނަ ފޮޓޯއާ ވީޑިއޯ، މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. އެއާއެކު އިދިކޮޅުގެ އިސްވެރިންނާއި ބައެއް އާންމުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

މިގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ފުލުހުންނަށް ކޮމާންޑް ކުރަން ހުރީ ކޮން ގައުމެއްގެ މީހެއްތޯ ސާފުކުރަން ފުލުހުންނާއި ސުވާލު ކުރި ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެސުވާލަށް ޖަވާބު ލިބިފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެން ދުށިން ސޯމިލް ސަރަހައްދުގައި ހުރި މީހެއް. އަޅުގަނޑުމެން ގަބޫލު ކުރަނީ އެއީ އިންޑިއާ މީހެއް ކަމަށް. ފެނުނު ފުލުހުން ގޮސް އޭނާ އާ\ މަޝްވަރާ ކުރާތަން. މަޝްވަރާ ކޮށްފައި އައިސް ދެން އޭނާ އަންގަމުންދާ އެންގުންތައް އަޅުގަނޑުމެންނަށް އަންގަމުން ގެންދިޔައީ." އަދުރޭ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ނޫސްވެރިން އިއްޔެ ސުވާލުކުރުމުން ވެސް ފުލުހުންގެ އިދާރާއިން ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ.

ނަމަވެސް އިދިކޮޅުގެ ތުހުމަތުތައް ނޫސްތަކުން ރިޕޯޓު ކުރުމާއި ގުޅިގެން މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމީހަކީ ފުލުހުންނާއެކު މެޑިކަލް ޓީމާއެކު މަސައްކަތް ކުރި މީހެއް ކަމަށެވެ.

އެކަމަކު އެއީ ކޮން ގައުމެއްގެ މީހެއް ކަމާއި އެމީހާޣެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުން ހަމައެކަނި ބުނީ މިހާރު ވެސް އޭނާއަށް އެކި ކަހަލަ އިންޒާރުތައް ލިބެމުން އަންނަ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ