logoEN
cocacola
ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ގެ ޕްލެޓިނަމް ޕާޓްނަރ އަކަށް ތިނަދޫ ކައުންސިލް!

ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ގެ ޕްލެޓިނަމް ޕާޓްނަރ އަކަށް ތިނަދޫ ކައުންސިލް!

# ކުޅިވަރު# ދިރާގު# ގާފު ސްޕޯޓްސް# ބެޑްމިންޓަން# ހުވަދު އަތޮޅު# ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022

GMG_0548

ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022ގެ ޕްލެޓިނަމް ޕާޓްނަރ އަކަށް ގދ. ތިނަދޫ ކައުންސިލް ހަމަޖައްސައިފިއެވެ.

ގޮސިޔާ

އަންނަ މަހުގެ 10 ވަނަ ދުވަހު ފަށާ މި މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރ ކަމުގެ އެއްބަސްވުމުގައި ތިނަދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލްގެ ނައިބް ރައީސް، ނަސްރުﷲ އަލީ އެވެ. ގާފު މީޑިއާ ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ޑިރެކްޓަރ، އަދި ގާފު އޮންލައިންގެ ޗީފް އެޑިޓަރ، ފަތުހުﷲ ޔާމީން ސައީދު އެވެ.

ގާފު މީޑިއާ ގްރޫޕުގެ ގާފު ސްޕޯޓްސްއިން އިންތިޒާމް ކުރާ މި މުބާރާތަކީ ހުވަދު އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ފޯރި ގަދަ ބެޑްމިންޓަން މުބާރާތެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިރޭ 23:00 އަށް ހަމަވާއިރު ގިނަ ޓީމްތަކަކުން ވަނީ މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފައުޅުކޮށްފައެވެ.

މި މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ގދ. ތިނަދޫ ހަމަޖެހިގެން ދިޔަ އިރު، ގދ. އަތޮޅު ކައުންސިލަކީވެސް މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރ އެކެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިފައިވާއިރު، ޕްރިންޓެކް އަކީ ޕްރިންޓިންގ ޕާޓްނަރ އެވެ.

https://gaafu.mv/sport/52524

މީގެ އިތުރުން، މުބާރާތުގެ ކޯ ސްޕޮންސަރ އެއްގެ ގޮތުގައި ތިނަދޫގެ މަޝްހޫރު ރެސްޓޯރެންޓް ބްރޭންޑެއް ކަމުގައިވާ ގޯސިޔާ ވަނީ ހަމަޖެހިފައެވެ.

ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ލޯންޗު ކުރެވި، ގާފު މީޑިއާ ގްރޫޕްގެ "ގާފު ސްޕޯޓްސް"ގެ ދަށުން ހިންގޭ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ. މި މުބާރާތް ބާއްވަނީ މުޅި އަތޮޅަށް ހުޅުވާލައިގެންނެވެ.

މިއަހަރުގެ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މިމަހު 25 އަށް އެ މުއްދަތު ހަމަވާނެ އެވެ. މި މުބާރާތުގައި ހުވަދު އަތޮޅުގެ ހުރިހާ ރަށަކުންވެސް ދެ ޖިންސުގެ ކުޅުންތެރިންނަށްވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މުބާރާތް ކުރިއަށްދާނީ ގދ. ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައެވެ. މެޗުތައް ކުޅޭނީ ރޭގަނޑު 21:00 އިން ފެށިގެންނެވެ.

މި މުބާރާތް ކުރިއަށްދާނީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ އެންޑޯޒްމަންޓާ އެކުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ