logoEN
cocacola
ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

އައިޝަތު އިފާޝާ

logo

3/22/2022, 3:08:37 PM

# ބޯހިޔާވަހިކަން# ޅ ކުރެންދޫ

b_Pxk3jSeZ68x32vJnpo6PY7f9H

ޑިޒައިން އެންޑް ބިޑް އުސޫލުން ޅ.ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ޕްލޭނިންގ މިނިސްޓްތީން އިއުލާންކޮށްފިއެވެ.

ގޮސިޔާ

ކުރެންދޫގައި 50 ހައުސިންގ ޔުނިޓް އަޅަން އިއުލާނުކުރި އިރު، އެ ޔުނިޓްތައް އަޅަން ނިންމާފައިވަނީ ރަށުގެ އިރުމަތީ ފަރާތުގައެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ކުރެންދޫގައި އެޅުމަށް ނިންމާފައިވާ 50 ހައުސިން ޔުނިޓްގެ ބީލަމުގައި ބައިވެރިވެވޭނީ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށާއި، މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 255,000ރ (ދެލައްކަ ފަންސާސް ފަސްހާސް ރުފިޔާ) ނުވަތަ އެޢަދަދާއި އެއްވަރު ޢަދަދެއްގެ ޔޫ.އެސް.ޑޮލަރުން ހުށަހަޅަން ޖެހޭނެކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ. މިބީލަން ހުޅުވުން އޮންނާނީ 13 އެޕްރީލް 2022 ވާ ބުދަދުވަހުގެ 13:00 ގައެވެ.

ކުރެންދޫގައި 2000 ވުރެ ގިނަ މީހުން ދިރިއުޅޭ އިރު އެރަށުގައި ބޯހިޔާވަހިކަން ބޭނުންވާ 300 ވުރެ ގިނަ އާއިލާ ދިރިއުޅޭ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ކުރެންދޫއަށް ދިމާވެފައިއޮތް ބޯހިޔާވަހިކަމުގެ މި މައްސަލަ ހައްލުކޮށްދިނުމަކީ ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިޙްގެ ވައުދުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ޅ އަތޮޅަށް މިދިޔަ ފެބްރުއަރީމަހު ކުރެއްވި ދަތުރުފުޅުގެތެރެއިން ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރެވުމަށް "ޖަޒީރާ ހޮޅުއަށީގެ ނަމުގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ