
ގިރިފުށި ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފި
# އެމްޓީސީސީ# ބަނދަރު މަސައްކަތް# ކ ގިރިފުށިviber_image_2022-03-20_18-08-39-782
ކ. ގިރިފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ބުނީ، ގިރިފުށި ބަނދަރު މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރު ތޮށި ލުމުގެ މަސައްކަތް ކަމަށާއި، އެމަސައްކަތުގެ 62 އިންސައްތަ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 268 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 46 މީޓަރުގެ ސަރަޙައްދެއްގައި ނެރު ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 18.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކ ގިރިފުއްޓަކީ އެމްއެންޑީއެފްގެ މިލިޓަރީ ހާއްސަ ތަމްރީންތަކަށް ބޭނުންކުރަމުން އަންނަ ރަށެކެވެ.
ގުޅުންހުރި

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށައިފި

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ނަރުދަމާއާއި ފެން ހޮޅީގެ އައު ކަނެކްޝަންތައް އެއްކޮށް ނިންމާލައިފި

މުލީ ހޮސްޕިޓަލްގެ ފައުންޑޭޝަން މަސައްކަތް ފަށައިފި




