logoEN
cocacola
އުރީދޫ ސުޕަނެޓް ނ. ހޮޅުދޫއަށް

އުރީދޫ ސުޕަނެޓް ނ. ހޮޅުދޫއަށް

އަހުމަދު ޝުރާއު

logo

3/16/2022, 8:48:34 PM

# އުރީދޫ

FN8pWQTaAAAQ2Te

އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހޮދުމަތް ނ.ހޮޅުދޫއަަށް މިއަދު ތައާރަފް ކޮށްފިއެވެ.

ގޮސިޔާ

ހޮޅުދޫއަށް އުރީދޫގެ ސުޕަނެޓް ތައާރަފްކޮށްފައިވަނީ ސަތޭކަ އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކުއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފެންވަަރު ރަނގަަޅު އިންޓަނެޓްގެ ހިދުމަތް މުހިއްމު ކަމަށެވެ. އެ ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަަމުންދަަނީ 100 ޕަސެންޓް އާބާާދީއަަށް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަަށް އޭނާ ބުނެއެވެ.

އަަަޅުގަނަޑުމެން ކެނޑިނޭޅި މަސައްކަތްކުރަަމުން މިދަަނީ 100 ޕަސަންޓް އާބާާދީ އަަށް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމަށް. މިދިޔަަ އަހަރެކޭ އެއްފަަަދަައިންް މި އަަހަރުވެސް ގިނަަަ ރަައްްތަަކަަަކަަށް މި ހިދުމަަތް ފޯރުކޮށްދިނުމަށް ރޭވިފައިވޭ. އެގޮތުން މިއަދު އަޅުގަނޑުމެން މިވަަަނީ ސުޕަނެޓްގެ ހިދުމަތް ނ. ހޮޅުދޫ އަށް ތައާރަފްކޮށް، ހޮޅުދޫގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާއި ގުޅުވާލަދީފަަ،" ނިޔާޒު ވިދާޅުވި އެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

މީގެ އިތުރުން ސުޕަރނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭ އިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާ އެއްވެގެން ދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ