
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ބައިވެރިވާ އެތްލީޓުން ރާއްޖެ އަންނަން ފަށައިފި
# މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްFNzkPK7VIAU98zN
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ބައިވެރިވުމަށް ޔޫތް މިނިސްޓްރީއިން ދައުވަތު ދިން ބޭރުގެ ކުޅިވަރު ޝަހުސިއްޔަތުން ރާއްޖެ އަންނަން ފަށައިފި އެވެ.

އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅިވަރު އެކުވެނީގައި އޮންނަ މޯލްޑިވްސް ސްޕޯޓްސް އެވޯޑު ހަފްލާއަށް ރާއްޖެ އެންމެ ފުރަތަމަ އައީ ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް، ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަން އޮސްޓްރިއާގެ އަލްބިން އޫޝާން އަދި ކުރީގެ ދުނިޔޭގެ އެންމެ މޮޅު ރެފްރީ ޖަރުމަނުގެ މާކަސް މާކް އެވެ.
މި ފަރާތްތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް އެވެ. އަދި މަހްލޫފްގެ އަރިހުގައި ކުޅިވަރު އެސޯސިއޭޝަންގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ހަފްލާގައި ބައިވެރިވުމަށް ދުނިޔޭގެ ކުޅިވަރުގެ މަގުބޫލު ސަހުސިއްޔަތުންނާއި ރާއްޖޭގެ ކުޅިވަރާ ގާތްގުޅުމެއް ބަހައްޓަވައި، ދިވެހި ކުޅިވަރަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށް އެހީތެރިވެދޭ ބައެއް ގައުމުތަކުގެ ކުޅިވަރު ވުޒާރާގެ ވެރިންނަށް ސަރުކާރުން ވަނީ ދައުވަތުދީފައެވެ. އަދި މިހާތަނަށް ގިނަ ފަރާތްތަކުން ވަނީ ދައުވަތު ޤަބޫލުކޮށްފައެވެ.
މާދަމާ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ސްރީ ލަންކާގެ މަޝްހޫރު ނެޓްބޯޅަ ތަރި ތަރިޖިނީ ސިވަލިންގަމް އެވެ. އަދި ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭގައި ޓީޓީ ތަރި ޒޯރާން ޕްރިމޯރަކް އާއި ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ)، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، ސްރީލަންކާގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާ އާއި ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ނެދަލެންޑްގެސް ކުރީގެ ފުޓްބޯޅަ ތަރި އެޑްގާ ޑާވިޑްސް، އިތުރުން އިނގިރޭސިވިލާތަށް އުފަން، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ ވެސް މި ހަފްލާއަށް ރާއްޖެ އައުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން އަވަށްޓެރި އިންޑިއާ އާއި ލަންކާ އަދި ބަންގްލަދޭޝްގެ ކުޅިވަރާއިބެހޭ ވަޒީރުންވެސް ރާއްޖެ އައުމަށް ވަނީ ނިންމާފައެވެ.
.gif&w=3840&q=75)




