logoEN
cocacola
ތިނަދޫ ހޮސްޕިޓަލަށް ވިހެއި އެއްމާބަނޑު ދެކުދިންގެ ތެރެއިން ދެވަނަ ކުއްޖާވެސް ނިޔާވެއްޖެ

ތިނަދޫ ހޮސްޕިޓަލަށް ވިހެއި އެއްމާބަނޑު ދެކުދިންގެ ތެރެއިން ދެވަނަ ކުއްޖާވެސް ނިޔާވެއްޖެ

އަހުމަދު ޝުރާއު

logo

3/13/2022, 7:17:13 PM

# ތިނަދޫ# ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

35329491_1074189939592750_2530731993663012864_o

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވިހެއި އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ދެވަނަ ކުއްޖާވެސް ނިޔާވެއްޖެ އެވެ.

ގޮސިޔާ

ޑރ. އަބްދުއްސަމަދު މެމޯރިއަލްގެ އޮފިޝަލަކު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު އެހޮސްޕިޓަލަށް ވިހެއި އެއްމާބަނޑު ދެކުދިންގެ ތެރެއިން އެއްކުއްޖަކު މިއަދު މެންދުރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށާއި އަނެއްކުއްޖާގެ މިއަދުގެ އިރުއޮއްސުނު ވަގުތު ނިޔާވެފައިވާ ކަމަށެވެ.

ދެވަނަ ކުއްޖާ ނިޔާވެފައިވަނީ ކުއްޖާގެ ހާލު ސީރިއަސްވުމާއި އެކު އިތުރު ފަރުވާއަށް މާލެ ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މިއަދު އެ ހޮސްޕިޓަލަށް އެއްމާބަނޑު ދެކުދިން ވިހެއި ދުވަސްނުފުރާ 7 މަހުގައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ތިނަދޫ ޑރ، އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރެއް ނެތުމުން އެ އަންހެން މީހާ ވިހެއުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ގއ ވިލިނގިލިން ހޭނައްތާ ޑޮކްޓަރެއް ގެނެސްގެން ކަމަށް މައުލޫމާތު ލިބެއެވެ.

ތިނަދޫގައި މިވަގުތު ހޭނައްތާ ޑޮކްޓަރަކު ނެތުމުން އެހޮސްޕިޓަލަށް އަންނަ ހަފްތާގެ ތެރޭގައި ހޭނައްތާ ޑޮކްޓަރަކު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ތިނަދޫ ކައުންސިލް ރައީސް، ސައުދު އަލީ ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ