
ފުރިހަމަނުކޮށް ހުރި ވިޔަފާރި އެޕްލިކޭޝަންތައް ނިންމުމަށް އިތުރު ފުރުސަތެއް ދީފި
# ބިޒްނަސް ޕޯޓަލް# މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް# ވިޔަފާރިފޮޓޯ: ރައީސް އޮފީސް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ "ބިޒްނަސް ޕޯޓަލް" މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން، ބައެއް މަރުޙަލާތައް ފުރިހަމަނުކޮށް އަދި ފައިސާ ނުދައްކާ ހުރި ހުށަހެޅުންތައް ފުރިހަމަކުރުމަށް މުއްދަތެއް ހުޅުވާލައިފިއެވެ.

މިނިސްޓްރީން ކުރި އިޢުލާނެއްގައި ވަނީ، ޕޯޓަލް މެދުވެރިކޮށް ގިނަ އަދަދެއްގެ އެޕްލިކޭޝަން ހުށަހަޅާފައިވީ ނަމަވެސް، އޭގެ ތެރެއިން ބައެއް ހުށަހެޅުންތައް އެކި މަރުޙަލާތަކުގައި ފުރިހަމަނުވެ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، އެފަދަ އެޕްލިކޭޝަންތައް ފުރިހަމަކޮށް، ފައިސާ ދައްކާ ނިންމުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މި ފުރުޞަތުގެ ދަށުން ފުރިހަމަކުރެވޭނެ އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނެނީ:
ކުންފުނީގެ ނަން ރިޒާވްކުރުމަށް އެދި ހުށަހަޅައި، ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން ފުރިހަމަނުވެ ހުރި އެޕްލިކޭޝަންތައް.
ވިޔަފާރި ނުވަތަ ނަން ރިޒާވްކުރުމަށްފަހު، ރަޖިސްޓްރީކުރުމުގެ މަރުޙަލާ ފުރިހަމަނުކޮށް ހުރި ހުށަހެޅުންތައް.
ރަޖިސްޓްރީކުރުމަށް ފޯމު ހުށަހަޅައި، ފައިސާ ނުދެއްކުމުގެ ސަބަބުން މުޅިން ނުނިމި ހުރި އެޕްލިކޭޝަންތައް.
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަން ރިޒާވްކޮށް، ނަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ފުރިހަމަނުވާ އެޕްލިކޭޝަންތައް.
ނަން ބަދަލުކުރުމުގެ ފޯމު ފުރިހަމަކޮށް، ފައިސާ ދެއްކުމާ ހަމައަށް ގޮސް ފައިސާ ނުދައްކާ ހުރި ހުށަހެޅުންތައް.
މިނިސްޓްރީން ވަނީ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި އެޕްލިކޭޝަންތައް ފުރިހަމަކޮށް ފައިސާ ދައްކާ ނިންމަންޖެހޭނެ ކަމަށް ބުނެފައެވެ. އަދި މި މުއްދަތު ހަމަވާއިރު ނުނިމި ހުންނަ އެޕްލިކޭޝަންތައް، އިތުރު އެންގުމަކާ ނުލައި ސިސްޓަމުން ބާޠިލުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 3333188 ނުވަތަ 3333169 ނަންބަރު ފޯނާ ގުޅުއްވުމަށް ނުވަތަ އަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ގުޅުންހުރި

ފުރިހަމަނުކޮށް ހުރި ވިޔަފާރި އެޕްލިކޭޝަންތައް ނިންމުމަށް އިތުރު ފުރުސަތެއް ދީފި

ހިތްފަސޭހަ މާހައުލަކަށް، ލަގްޝަރީ އަދި ފެންވަރު ރަނގަޅު ހޯމް ޑެކޯގެ އާ މަންޒިލެއް: "ބޯހޯމް ލިވިން"

ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު އެސްޓީއޯ އިން ވިއްކާ އަސާސީ ކާބޯތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި!




