
ހިތްފަސޭހަ މާހައުލަކަށް، ލަގްޝަރީ އަދި ފެންވަރު ރަނގަޅު ހޯމް ޑެކޯގެ އާ މަންޒިލެއް: "ބޯހޯމް ލިވިން"
# ވިޔަފާރި-
ދިރިއުޅޭ ގެއަކީ ހަމައެކަނި ފާރުތަކަކުން ބިނާކޮށްފައިވާ ތަނެއް ނޫނެވެ. އެއީ އެ މީހެއްގެޝަޚުސިއްޔަތާއި، ރަހައާއި، އަރާމު ދައްކުވައިދޭ އެ މީހެއްގެ އަމިއްލަ "ސެންޗުއަރީ" އެވެ. މިވިސްނުމުގައި، ދިވެހިންގެ ގޭތެރެއަށް އާރޯކަމާއި، ސްޓައިލާއި، ލަގްޝަރީ ގެނެސްދިނުމުގެމަޤްޞަދުގައި، މުޅިން އާ ހޯމް ޑެކޯ ފިހާރައެއް ކަމަށްވާ "ބޯހޯމް ލިވިން" ވަނީ މިހާރު ރަސްމީކޮށްމާލޭގައި ހުޅުވިގެން ގޮސްފައެވެ.

ފެންވަރު ރަނގަޅު ތަކެތީގެ އާ މަންޒިލެއް
ބޯހޯމް ލިވިން ގެ ޚާއްޞަ ސިފައަކީ އެ ފިހާރައިން ލިބެން ހުރި ތަކެތީގެ ތަފާތުކަމާއި،ފެންވަރެވެ. ލިބެން ހުންނަ ތަކެތީގައިވާ ތަބީއީ ކުލަތަކާއި، އެތަކެތި އުފެއްދުމަށް ބޭނުންކޮށްފައިވާ ގުދުރަތީ ވަސީލަތްތަކުގެ ސަބަބުން އެ ތަކެތީގެ ފުރިހަމަކަން އިތުރުވެގެން ދެއެވެ. ލަގްޝަރީ ލައިފްސްޓައިލަކަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާމި ފިހާރައިން ގެއެއްގެ ކޮންމެ ކަނަކަށް ބޭނުންވާނެ އެންމެ ރީތި އަދި މޮޅު ޑެކޯ އައިޓަމްތައް ލިބެން ހުންނާނެއެވެ.
މި ފިހާރައިން ލިބޭ ބައެއް ތަކެތީގެ ތެރޭގައި:
* ސްޓައިލިޝް ފަރުނީޗަރު: ގެއަށް ހިތްގައިމުކަން ގެނެސްދޭ ޒަމާނީ ފަރުމާގެ ސޯފާތަކާއިމޭޒުތައް.
* އާޓިސްޓިކް ލައިޓިންގ: ގޭތެރޭގެ މާހައުލު ބަދަލުކޮށްލާނެ ފެންވަރު ރަނގަޅު ލޭމްޕްތަކާއިޗަންދަލިއާތައް.
* ޔުނީކް ހޯމް އެކްސެސަރީސް: ފާރުތަކާއި މޭޒުމަތީގައި ބަހައްޓާލާނެ ޑިޒައިނާ ޕީސްތައް،ވާޒްތައް އަދި އެހެނިހެން ހިތްގައިމު ސާމާނު.
* ޕްރިމިއަމް ޓެކްސްޓައިލްސް: ގެއަށް އުފާވެރިކަން ގެނެސްދޭ ކުލަތަކުން ފަރުމާކޮށްފައިވާކުއިޝަންތަކާއި ދޮރުފޮތިތައް.

"ބޯހޯމް ލިވިން" ހުޅުވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ކަސްޓަމަރުންނަށް އެމީހުންގެހުވަފެނީ ގެތައް ބިނާކުރުމަށް އެހީތެރިވެދިނުމެވެ. ޓްރެންޑީ އަދި ކްލެސިކް ޑިޒައިންތަކުގެ ބޮޑުކަލެކްޝަނަކާއެކު، ބޯހޯމް އިން ކޮންމެ މީހެއްގެ ވެސް ސްޓައިލަށް ފެތޭނެ ކޮންމެވެސްއެއްޗެއް ހުންނާނެކަން ޔަގީނެވެ.
ބޯހޯމްގެ މެނޭޖްމަންޓުން ބުނާ ގޮތުގައި، މި ފިހާރައިން ލިބޭ ތަކެއްޗަކީ ހަމައެކަނި ރީތިއެއްޗެހިތަކެއް ނޫނެވެ؛ އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ، ފެންވަރު ރަނގަޅު އަދިކޮންމެ ގެއަކަށްވެސް ޝާހީކަމެއް ގެނެސްދޭނެ ތަކެއްޗެވެ.

މާލޭ އިސްކަންދަރު މަގު ބޯޅަޖެހި ސްޓޮރ ކައިރީ ހުންނަ މއ. ފެޝަންފުރުޓް ގޭގައި ހުޅުވުނު މި ފިހާރައަށްޒިޔާރަތްކޮށް، އާ ކަލެކްޝަންތައް ބަލާލުމަށް އާންމުންނަށް މިހާރު ވަނީ ހުޅުވާލެވިފައެވެ.ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ފަރާތްތަކަށް، ބޯހޯމް ވެގެންދާނީ އެންމެ ފަހުގެޓްރެންޑުތަކާއެކު އެންމެ މަތީ ފެންވަރުގެ ހޯމް ޑެކޯ ލިބޭނެ އެންމެ ފުރިހަމަ މަންޒިލަށެވެ.
ގުޅުންހުރި

ހިތްފަސޭހަ މާހައުލަކަށް، ލަގްޝަރީ އަދި ފެންވަރު ރަނގަޅު ހޯމް ޑެކޯގެ އާ މަންޒިލެއް: "ބޯހޯމް ލިވިން"

ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު އެސްޓީއޯ އިން ވިއްކާ އަސާސީ ކާބޯތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި!

ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކުރުމަށް ނިންމަވައިފި




